ގއ.ރޮބިންސަން ކުލަބް މޯލްޑިވްސްގެ ތިން މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެެއްޖެއެވެ.
އެ ރިސޯޓުން ތިން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން، ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަޙްމަދު ސަޢީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިނޫހަށް މަޢުލޫމާތު ދެއްވަމުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަޙްމަދު ސަޢީދު ވިދާޅުވީ ގއ.ރޮބިންސަން ކުލަބް މޯލްޑިވްސްގެ ތިން މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ އެންމެންވެސް ތިނަދުއަށް ދަތުރުކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ތިނަދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާއިރު މިހާތަނަށް 05 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި، އެ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.