ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި، އިޙްތިރާމާއި، ޤަދަރު ނަގައިލުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތެއް ނުދޭނެކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޤައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓައިލައި، އެ ބޭފުޅުންނަކީ ކުރައްވައިގެން ތިއްބެވި ހުވަޔާއި ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލުތައް ބައެއް މީޑިއާތަކުންނާއި، ސިޔާސީ ބައެއް ފަރާތްތަކުން ކުރަމުންދާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހަމައެހެންމެ ޤައުމީ ދިފާޢީ ބާރަށް އަމާޒުކޮށް ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރައި، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވައި، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި، އިޙްތިރާމާއި، ޤަދަރު ނަގައިލުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތެއް ނުދޭނެކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންނަކީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަަހަރުތަކެއް ވަންދެން ޤައުމަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާ ބޭފުޅުންކަން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަސްކަރިއްޔާގެގަދަރާއި އިއްޒަތް ވެއްޔާއި މޮޑެލީ ތިބުނާ ހާސް އަނގައިންވާހަކަދައްކާ މާރިޔާއެވެ. ދިވެހި ސިފައިންނަކީ ފިދަނަތަކެއްކަމަށް ބުނީ ހަމަ ތި ބުނާ މާރިޔާއެވެ.ެ މާރިޔާ ސިފައިންނޭ ކިޔައިގެން ވާހަކަދައްކަން ލަދުގަންނާށެވެ. މާރިޔާއަށް ފިދަނަ ދައިތަ ކިޔުން މާ އައުލާކަން ބޮޑެވެ.
އެލިޔުމުގައި އެތުހުމަތު ކުރާފަދަކަމެއް ނެތްކަމަށް ގަބޫލުކުރެވޭނީ ތިބުނާއަސްލު ލިޔުން އާއްމުކުރުމުން . މިހާރު ތިޔަހެން ބުނެލާބަހަކަށް އިތުބާރެއްނުކުރެވޭނެ .
ހަހަހަހަ މާރިއާ ތިހެން ބުނީމަ ހަމަ ހިނި އަންނަނީ
އަސްކަރިއްޔާ އެބައޮތްތަ؟ ދޮގު ހަދާ ޒަޖަރިއްޔާއެއް އޮތީ…ޗީޑި