އާދިއްތަ, އޭޕްރިލް 11, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ނަބީޙުގެ މައްޗަށް ޑްރަގްގެ މައްސަލައެއް ސާބިތުވެ، ޢުމުރަށް ޖަލަށްލާން ޙުކުމްކޮށްފި

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
މާރޗް 18, 2021
ޚަބަރު
0
ނަބީޙުގެ މައްޗަށް ޑްރަގްގެ މައްސަލައެއް ސާބިތުވެ، ޢުމުރަށް ޖަލަށްލާން ޙުކުމްކޮށްފި

‏މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވުމުން ހދ.ހިރިމަރަދޫ، ހިޔާވަހި އަޙްމަދު ނަބީޙު ޢުމުރަށް ޖަލަށްލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ADVERTISEMENT

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ހިރިމަރަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދުމަށްޓަކައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ނަބީޙް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް 2016 ވަނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހުގެ 00:35 ހާއިރު ސުވާލުކުރިއެވެ.

އެ ގޮތުން ނަބީޙް ވަނީ އެ ރަށު ހުޅަނގުފަރާތު ހޮޅުއަށީގައިހުރި ހޮޅުގަނޑެއްގެ ތެރޭގައި މަސްތުވާތަކެތި
ފޮރުވާފައި ހުންނާނެކަމަށް ފުލުހުންގެ ގާތުގައި ބުނެފައެވެ.

ނަބީޙާއެކު ފުލުހުން އެ ތަނަށްގޮސް ނަބީޙުގެ ހާޒިރުގައި އެތަން ބަލައި ފާސްކުރިއިރު ހޮޅުއަށީގައިހުރި
ހޮޅުތަކުގެ ތެރެއިން، ނަބީޙު ދެއްކި ހޮޅުގަނޑެއްގެ ތެރޭގައި އޮތް ނޫކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން
ކެނެބިސް ހުރިކަމަށް ބެލެވޭ ހަ ސެލޯފިންކޮޅު ފެނިފައިވެއެވެ. އޭގެ ބަރުދަނު ގައި 0.8204 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާފައިވެއެވެ.

ފުލުހުން އިތުރަށް ސުވާލުކުރުމުން ނަބީޙް ވަނީ އެ ރަށު ދެކުނު ފަރާތުގައި ހުރި ގަސްތަކެއްގެތެރޭގައި މަސްތުވާތަކެތި ވަޅުލާފައި ހުންނާނެކަމަށް ބުނެފައެވެ. އެ ގޮތުން އެ ސަރަހައްދަށް ގޮސް ނަބީޙު ދެއްކި ތަން ފުލުހުން ކޮނެގެން ބެލިއިރު، އެ ތަނުން ފެނުނު ޕްރިންގުލްސް ބްރޭންޑްގެ ދެ ޗިޕްސްދަޅުގެ ތެރެއިން އެއްދަޅުން ކެނެބިސް ހުރިކަމަށް ބެލެވޭ 97 ސެލޯފިންކޮޅު ފެނުނެވެ. ތަހުލީލު ރިޕޯޓުން ދައްކާގޮތުން އެ ތަކެތީގައި 9.7025 ގްރާމް ކެނަބިސް ހުއްޓެވެ.

އަނެއް ދަޅުން ކެނެބިސް ހުރިކަމަށް ބެލެވޭ 144ސެލޯފިންކޮޅު ފެނިފައިވާއިރު،  އޭގައި 9.9196 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަހްލީލު ރިޕޯޓުން ދައްކައެވެ.

ނަބީޙް ވަނީ އޭނާއަކީ 2015 އިން ފެށިގެން މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި، ފުލުހުންނަށް ދައްކާފައިވާ މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތިކަމަށާއި، އިސްވެ ބުނެވުނު މަސްތުވާ ތަކެތި ގަތުމަށް 6000 ރުފިޔާ ރައްޓެއްސެއްގެ އަތުން ލޯނެއްނަގައިގެން ޚަރަދުކޮށްފައިވާނެކަމަށާއި، މަސްތުވާތަކެތި ގެނައީ މާލޭގައިހުރި ރައްޓެއްސަކަށް ރުފިޔާ ފޮނުވައިގެން ބަހާދަރު ބޯޓުން ކުޅުދުއްފުށިން ހިރިމަރަދުއަށްކަމަށް ބުނެ ތަޙްޤީޤުގައި އިޢުތިރާފްވެފައެވެ. ހަމައެހެންމެ ނަބީޙް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

މި މައްސަލައިގައި ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލިއިރު، ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ސާބިތުނުވާކަމަށް ނިންމިއެެވެ. ނަމަވެސް އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.

ހައިކޯޓުން މިއަދު ވަނީ ހިރިމަރަދޫ ކޯޓުގެ ޙުކުމް ބާތިލްކޮށް ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ޝައްކެއްނެތް މިންވަރަށް ސާބިތުވެފައިވާކަމަށް ނިންމައި،  ނަބީޙު އެއް އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް 100،000 ރުފިޔާއިން ޖޫރިމަނާކޮށް މައްސަލަ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ގަމު ރައްޔިތުން އެމްޑީޕީއަށް އާނއެކޭ ބުނެފި

ގަމު ރައްޔިތުން އެމްޑީޕީއަށް އާނއެކޭ ބުނެފި

އޭޕްރިލް 11, 2021
އެމްޑީޕީއާއި ގުޅެން ތައްޔާރު، ބަލާ އަތުވެއްޖިއްޔާ މިހާރުވެސް ދާނަން: ރީކޯ މޫސަ

ޕާޓީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫންކަން އެމްޑީޕީން މިއަދު ޤަބޫލުކުރަންޖެހޭ: ރީކޯ މޫސަ

އޭޕްރިލް 11, 2021
އެމްޑީޕީއަށް ބޮޑު ދެ ސިޓީގެ ސްޕަރ މެޖޯރިޓީ ގެއްލި ބިސްހާލި ތަޅައިގެން ހިނގައްޖެެ

އެމްޑީޕީއަށް ބޮޑު ދެ ސިޓީގެ ސްޕަރ މެޖޯރިޓީ ގެއްލި ބިސްހާލި ތަޅައިގެން ހިނގައްޖެެ

އޭޕްރިލް 11, 2021
މާލޭގެ މޭޔަރު ޝިފާ ވެސް ޑރ.މުޢިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

މާލޭގެ މޭޔަރު ޝިފާ ވެސް ޑރ.މުޢިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

އޭޕްރިލް 11, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޑރ.މުޢިއްޒާއި ގުޅިގެން ފިލްމީ ތަރި ޝިފާ ބުނުއްވީ ކީކޭ!

    ޑރ.މުޢިއްޒާއި ގުޅިގެން ފިލްމީ ތަރި ޝިފާ ބުނުއްވީ ކީކޭ!

    0 shares
    Share 0 Tweet 0
  • ބޮޑު ތަފާތަކުން ޑރ.މުޢިއްޒު ކުރީގައި!

    0 shares
    Share 0 Tweet 0
  • އިންތިޚާބާއި ގުޅިގެން އިރުތިޝާމްގެ މުހިންމު މެސެޖެއް!

    0 shares
    Share 0 Tweet 0
  • ”މާލޭ ރައްޔިތުންގެ ޑިކްޝަނަރީން އަންނިގެ ނަން ފޮހެލައިފި“

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In