އެމްޑީޕީގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްދުއްސައްތާރަށް ތާއީދުކުރައްވާކަން މިނިސްޓަރ ފޮ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން މިއަދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނަސްއަކީ 2017 ވަނަ އަހަރު ކޯލިޝަނުން ކުރިއަށް ގެންދިޔަ ސިޔާސީ އިސްލާހީ ހަރަކާތުގައި މަސައްކަތް ކުރެއްވި ޤާބިލު، ހީވާގި ބޭފުޅެއް ކަމަށެވެ. އެހެންކަމުން މި ފަހަރުގެ އިންތިޚާބުގައި ތާއީދުކުރައްވާނީ އަނަސްއަށް ކަމަށް ޔުމްނާ ވިދާޅުވިއެވެ.
”މާލޭ މޭޔަރު ކަމަށް އަޅުގަނޑު ތާއީދު ކުރަނީ އަނަސްއަށް. އަނަސްއަކީ 2017 ގައި ކޯލިޝަނުން ކުރިޔަށް ގެންދިޔަ ސިޔާސީ އިސްލާހީ ހަރަކާތުގައި އަޅުގަނޑުމެނާއެކު މަސައްކަތް ކުރެއްވި ޤާބިލު ހީވާގި ބޭފުޅެއް.“ ޔުމްނާ ވިދާޅުވިއެވެ.
އަނަސްގެ އިތުރުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒާއި، އަމިއްލަ ގޮތުން ވާދަކުރައްވާ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.
Mifaharu yumnaa maumoon ge
kedideytu otee tin vanaiga kamah diraasaa akun dakkaifi den otee fainal duvahuge nateeja