ބިން ނުހިއްކައި، ފަރުތަކަށް ގެއްލުންނުދީ އެއަރޕޯޓުތައް އެޅޭނެ މަގުތައް އެބަހުރިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުން މިހާރު ފަރުމާކުރަމުން އަންނަ ކްލައިމެޓް ޗޭންޖު ބިލާއި ގުޅޭގޮތުން ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދަން މިއަދު މެންދުރުކުރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިން ނުހިއްކައި ވެސް ނުވަތަ ފަރުތަކަށް ގެއްލުން ނުދީ ވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެފަދަ ޓެކްނޮލޮޖީ ތަޢާރަފުވެ ތަރައްޤީވަމުން އަންނަކަމަށެވެ.
އެ ގޮތުން ފެނުމަތީގައި ރަށްތައް ހެދުން ނުވަތަ ސިޓީތައް ޤާއިމުކުރާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެފަދަ ޓެކްނޮލޮޖީތަކާއި ގުޅިގެން އިޤްތިޞާދަށް ވެސް އިތުރު ކުރިއެރުން ލިބިގެންދާ ކަމަށެވެ. އެ މިސާލު ނެންގެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ބިން ހިއްކުމާއި ނުލައި އަދި ފަރުތަކަށް ގެއްލުންނުދީ ވެސް އެއަރޕޯޓުތައް ޤާއިމުކުރެވެން އެބަހުރި ކަމަށާއި، މިހާރު ކުރަމުން އަންނަ މަސައްކަތުގެ މިސްރާބުވެެސް އެ މަަގަށް ގެންދަންޖެހޭކަމަށެވެ.
އޭބީތާ މޫދަށް ޖަށްސާބޯޓުވެސް ފަރުތަކަށް ގެއްލުން ނުދީ އެއޮށް އެކި ރަށްތަކަށް ދަތުރުކުރަނީނު؟ މާމޮޅު ވާހަކަ ދަށްކާނެއް ކަމެއްނެތް ވަރަށްސާފް އިނގޭ
Thikahala dhoahalhi vaahaka dhahkaanekameh ney thiyaee feyl vefahuri saithaaneh.