މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ(މެޓް އޮފީސް) ހުދު ސަމާލު ނެރެފައިވަނީ ވ.އަތޮޅުން ފެށިގެން ތ.އަތޮޅުގެ ސަރަހައްދުތަކަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދު 14:50 އިން އިރުއޮއްސި 18:00 އާއި ދެމެދު އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭތީ ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.