ދިވެހި ރާއްޖެއަށް ބަޔަކު މީހުން ވަގަށް ތެޔޮ އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ދާކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެޔޮ، ބައެއް އާއްމު ފަރާތްތަކުން ވިއްކާ ތެލަށްވުރެ އަގުބޮޑުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އަމްރު ވިދާޅުވީ، އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ތެލަކީ، ހުރިހާ ގޮތަކުންވެސް ރަނގަޅު ކޮލިޓީގެ ތެޔޮ ކަމަށާއި، އަދި އެއީ ތިމާވެއްޓަށް ގެއްލުން އެނެމް ކުޑަވާނެ ތެޔޮ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ތެޔޮ ވިއްކުމުގެ މާކެޓަކީ، ރެގިއުލޭޓް ކޮށްފައި އޮންނަ މާކެޓަކަށް ނުވުމުން، ކޮލިޓީދަށް ތެޔޮ ރާއްޖެއަށް ބަޔަކު ވަގަށް އެތެރެކޮށް، އަގު ހެޔޮކޮށް ވިއްކަމުން ދާކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ، މިކަންކަން ހައްލު ކުރެވޭނީ ތެޔޮ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރުމާބެހޭ ގާނޫނެއް އޮވެގެން ކަމަށާއި ތެލުގެ ކޮލިޓީ ބެލޭނެ ނިޒާމެއް އެސްޓެބްލިޝް ކުރެވި، ރާއްޖެ އެތެރެކުރާ ކޮންމެ ޝިޕްމެންޓެއްގެ ކޮލިޓީ ޗެކްކުރާނެ ލެބެއް ގާއިމްކޮށް ތެލަކީ އިންޓަނޭޝަނަލް ގާނޫނުތަކާއި އެއްގޮތަށް އެތެރެ ކުރެވޭ އެއްޗެއްކަން ޔަގީން ކުރެވިގެން ކަމަށެވެ.
”ތެލުގެ ނެތް ގާނޫނެއް، ތެލުގެ ނެތް އެއްވެސް ކަހަލަ ގަވާއިދެއް، އަނެއްހެން ދަންނަވާނީ ކަމަށްވަނީ ވިއްޔާ ވައިލްޑް ވައިލްޑް ވެސްޓް އިނގޭތޯ މީ، ބޭރުގެ އަރަތްބަކު، ބޭރު މީހަކު ހަމަ ބޯޓެއް ފޮނުވައިގެން މިތާ ކައިރީގައި އޮވެގެން ހަމަ އެހެރަ ވިއްކަނީ ތެޔޮ، އޭގެ ދެބައިކުޅަ އެއްބަޔަށް ކަސްޓަމް ޑިއުޓީ ދައްކަނީ އަނެއްބަޔަށް ނުދައްކާ އެ ވިއްކާލަނީ، މިކަހަލަ ގޮތަކަށް ހިނގާ ކަމެއް މީ،“ އަމްރު ވިދާޅުވިއެވެ.
ކީކޭ ބުނާނީ؟ މިހާރު ގާނޫނު ނެތިގެން ގަވާއިދު ނެތިގެން މި ގޯސްވީ. ބަލަގަ ތީ ގާނޫނަކުން ގަވާއިދަކުން ވާކަންތަކެއް ނޫނޭ. ކަމުގެ ތައުލީމާ ހުނަރާ ތަޖްރިބާ ލިބިފައި ތިބި މީހުން ލައްވާ ކުރަންޖެހޭ މަސައްކަތްތައް އެކްޓިވިސްޓުން ލައިގެން ކުރަން އުޅުނީމާ ލަނޑު ލިބޭނެ. މިއޮތްހާ ދުވަހު މި ރާއްޖެއަކަށް ތިބުނާ ގާނޫނެއް ގަވާއިދެއް ބޭނުމެއްނުވޭ. މީނާ އެމްޑީ އަކަށް ވުމުން އަނެއްކާ އަނެއް ގާނޫނެއް އަނެއް ގަވާއިދު ހަދަންވީ. ރައްޔިތުން ޖަލު ގޮޅިއެއްލުމާ ހައްޔަރު ކުރުމާ ޖޫރީމާނާ ކުރުން ނޫން ކަމެއް މި ގާނޫނަކުން ގަވާއިދަކުންނުވާނެ. އިސްތިއުފާ ދީފާ ގެއަށް ދިއުން ރައްޔިތުންނަށް މާ ހައްޓަށް ފަސޭހަވާނެ.
ވަގަށް މީހުން ތިަކަހަލަ ކަންތައް ކުރަނީ އެއަށް ޑިމާންޑެއް އޮތީމާ. އެސް ޓީ އޯ ފެއިލް ވީމާ އެ ޖާގަ މާރކެޓުން އެ ލިބެނީ. ދެން ވެސް އެކަން ހައްލު ކުރަން އުޅުން ބުއްދި ވެރިވާނެ.