އާދިއްތަ, އޭޕްރިލް 11, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

”ނިއުޕޯޓްވިއުގެ މައްސަލައިގައި ޑރ.މުޢިއްޒުގެ މައްޗަށް ދަޢުވާކުރަން ތައްޔާރުވަނީ“

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
މާރޗް 18, 2021
ޚަބަރު
3
”ނިއުޕޯޓްވިއުގެ މައްސަލައިގައި ޑރ.މުޢިއްޒުގެ މައްޗަށް ދަޢުވާކުރަން ތައްޔާރުވަނީ“

‏ނިއުޕޯޓް ކުންފުނިން ރާޅުގަނޑު ސަރަހައްދުގައި ހިންގި ނިއުޕޯޓުވިއުގެ މައްސަލައިގައި، ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ސިޔާސީ ދަޢުވާއެއް ކުރަން ފޮނުވަން ތައްޔާރުވެފައިވާކަމަށް ޕީޕީއެމް ކައުންސިލް މެންބަރު ޒާހިދު ރަމީޒް ވިދާޅުވެއްޖެއެވެ.

ADVERTISEMENT

ޒާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮސެކިއުޓާރޖެނެރަލްއާއި، އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ނިއުޕޯޓް ވިއު (ރާޅުގަނޑު) މައްސަލަ ކުއްލިއަކަށް ތަޙްޤީޤުކޮށް ކައުންސިލް އިންތިޚާބުގެ ކުރިން ޑރ.މުޢިއްޒުގެ މައްޗަށް ސިޔާސީ ދަޢުވާއެއް ކުރަން ފޮނުވަން ތައްޔާރުވިކަމުގެ މަޢުލޫމާތު ޕީޖީ އޮފީހުން ލިބިލައްވާފައިވާ ކަމަށެވެ.

”ޕީޖީ ޝަމީމް މިއީ ދޮގެއްތޯ. ޓާގެޓަކީ ‎ޑރ.މުޢިއްޒު. އަސްލު މައްސަލައަކީ މޭޔަރުކަމަށް ހޮވޭނެކަން ޔަޤީންވުން. އެހެންނޫންތޯ. ބިޑް ކުރުމުގައި މައްސަލައެއް ނެތްކަމަށް. އެހެނަސް އެމެންޑްމެންޓުތަކުގައި މަޤާމުގެ ނުފޫޒު ބޭނުންކުރިކަމަށް ހަދާ އަގު ވައްޓައިލަންދޯ. ‏މިއިން ސާބިތުވެގެން މި ދަނީ ޕީޖީ ޝަމީމަކީ މާ މާތްވެފައި މިނިވަން ބޭފުޅެއްކަމަށް ހެދިގެން އުޅުނެއް ކަމަކު އަސްލު އެމްޑީޕީ އެކްޓިވިސްޓު ލެވެލް ބޭފުޅެއްކަން. ހަމަ އެފަދައިން އޭސީސީގެ ރައީސްއަކީ ވެސް އޭގެ ކަނބަލެއްކަން. ހިތާމަހުރިކަމެއް. ‏ނޫނޭވާ އިންސާފުވެރި އަދި އެއްވެސް ވަރެއްގެ ނުފޫޒެއްނެތި މިނިވަންކޮށް މަނިކުފާނު ޝަމީމް ތި މަސައްކަތް ކުރަނީ. އޭސީސީވެސް ވަރަށް މިނިވަން. މިނޫން ދުވަހެއް އޮތްކަން ހަނދާންކޮށްދެން. ވަރަށް ސަލާމް.“ ރައީސް ޞާލިޙާއި, އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތާއި, އޭސީސީއާއި, ޕީޖީ ޝަމީމަށް ޓެގްކުރައްވައި ޒާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

PG އާއި ACC ގުޅިގެން ނިއުޕޯޓް ވިއު (ރާޅުގަނޑު) މައްސަލަ ވަރަށް ކުއްލިއަކަށް ތަހުޤީގުކޮށް، ކައުންސިލް އިންތިހާބުގެ ކުރިން (މުއިއްޒު) ގެ މައްޗަށް ސިޔާސީ ދައުވާ އެއް ކުރަން ފޮނުވަން ރެޑީވެއްޖެ ކަމުގެ މައުލޫމާތު ޕީޖީ އޮފީހުން ލިބިއްޖެ!

— Zahid Rameez (@xahidcreator) March 17, 2021

އޭސީސީގެ ރައީސް މަރްޔަމް ޝިއުނާއަށް ޓެގްކުރައްވައި ޒާހިދު ވަނީ ދަޢުވާކުރަން ފޮނުވާގޮތަށް އޮތީ އަންނަ ހަފްތާގައި ނޫންތޯ ވެސް ސުވާލުކުރައްވާފައެވެ.

”ރައްޔިތުންނަށް ޤަބޫލުކުރަން ފަސޭހަވާނެ އޯ ނިއުޕޯރޓާއި ގުޅުވާލީމައި. ނުބައިނުލަފާ ކޮރަޕްޓް ބައެއް ‎އޭސީސީ އަދި ޕީޖީ އޮފީހުގައި އިސްކޮށް މިތިބީ. ވަރަށް ހަޔާތް ކުޑަ ބައެއް.“ ޒާހިދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ކޮވިޑް-19: 24 ގަޑިއިރުތެރޭގައި 16 ކޭސް

އިިތުރު 93 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޕްރިލް 11, 2021
މާރިޗު 15 ގެ ފަހުން ވޭމަންޑޫން ދަތުރުކުރި މީހުން ކަރަންޓީނުވާން އަންގައިފި

މާރިޗު 15 ގެ ފަހުން ވޭމަންޑޫން ދަތުރުކުރި މީހުން ކަރަންޓީނުވާން އަންގައިފި

އޭޕްރިލް 11, 2021
ޕީޕީއެމް އިން ވާދޫ ކައުންސިލްގެ ސުޕަރ މެޖޯރިޓީ 4 ވަނަ ފަހަރަށް ދިފާޢުކޮށްފި

ޕީޕީއެމް އިން ވާދޫ ކައުންސިލްގެ ސުޕަރ މެޖޯރިޓީ 4 ވަނަ ފަހަރަށް ދިފާޢުކޮށްފި

އޭޕްރިލް 11, 2021
ހަތަރު މީހުން ޕޮޒިޓިވްވުމުން ކިނބިދޫ  މޮނިޓަރިންއަށް!

ހަތަރު މީހުން ޕޮޒިޓިވްވުމުން ކިނބިދޫ މޮނިޓަރިންއަށް!

އޭޕްރިލް 11, 2021

ކިޔުންތެރިންގެ ޚިޔާލު 3

  1. LCE2021 says:
    3 weeks ago

    ޒާހިދު ތިބުނީ ވަރަށް ބޮޑު ތެދެއް.
    ވަރަށް މާތް ކަމަށާ އަދި މިނިވަން ކަމަށް ހެދިގެން އުޅޭ ދެ ތަން ތީ. އަދި ތަނުގެ ދެ ވެރިން ވަރަށް މާތް ވެފައި މިނިވަން ކަން ވަރަށް ގަދަ.
    ﷲ ސުބްޙާނަހޫ ވަތަޢާލާ މި މީހުން، ކުށެއްނެތް މީހުންނާ އެމީހުންގެ އާއިލާއަށް ދެމުންދާ އަނިޔާއާ ވޭނާ ދުއްތުރާގެ ޙައްގު ޖަޒާ ވީ އެންމެ އަވަހަކަށް މިންވަރު ކުރައްވާދޭވެ. އާމީން.
    އެމް.އެްމް.ޕީ.އާރ.ސީ ގެ ބޮޑު ޚިޔާނާތުގެ ބިިލިއަން ރުފިޔާ ގެ ވާހަކަ އޮތްބާލަން ތަންތަނުގއި ތިބި އިޚްލާސްތެރި މުވައްޒަފުންގެ މައްޗަށް ބަރި ބަރި އަށް ދައުވާ ކުރަނީ. ދެ ތިން މިިލިއަން ރުފިޔާ އިން ގެއްލުންވީޔޯ.
    ބަލަގަ ކޮބާ އެއްކަލަ ދައުވާ ކުރަން ބުނި 30 މީހުން. ކޮބާ އެމް.އެމް.ޕީ.އާރ.ސީ ގެފައިސާ އިން ބައި އެޅުން 300 އެއްހާ މީހުން. ލަދެއްނުގަނޭތޯ.
    އެއަރ ކޯން ކޮޓަރީގައި ބައިތިއްބާފައި އެ ތިބަ 2 މީހުން އެތިބީ ހަމަ ރައްޔިތުންގެ ފައިސާ އިން ވައްކަން ނުކުރާތީ ތޯ.
    ކޮބާ ވެންޓިލޭޓަރު ވައްކަން. ކޮބާ އޮކްސިޖަން ފުޅި ވައްކަން، ކޮބާ ފެނަކާ ވައްކަން، ކޮބާ ތަރުޖަމާގެ ވައްކަން، ކޮބާ ކާޑުން ކުރާ ވައްކަން، ކޮބާ އުތުރުތިލަފަޅުގެ ރިޝްވަތު، ކޮބާ ރައީސް އޮފީހުން ވައްކަން ކުރާ ކަމަށް ރައީސް ނަޝީދު ވިދާލުވި ވާހަކަ.

    Reply
  2. Hum says:
    4 weeks ago

    Meekihaa bodukameh mi laafheenee baigadu nethikurah vaafaadheyve mulhigaumu halaakukoh fànaakurinee minulafaa laadheenee baidadu.

    Reply
  3. birubodu says:
    4 weeks ago

    Egangaa 19 Ge laadheenee baigandu goiy husveemaa mihaaru edhimaakuree siyaasee dhauvaskuran mueez jalahlias mifaharu iraadhfulhun hoveynee muiz varahsaafu ingeythoa

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޑރ.މުޢިއްޒާއި ގުޅިގެން ފިލްމީ ތަރި ޝިފާ ބުނުއްވީ ކީކޭ!

    ޑރ.މުޢިއްޒާއި ގުޅިގެން ފިލްމީ ތަރި ޝިފާ ބުނުއްވީ ކީކޭ!

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ނާކާމިޔާބީއާއި ގުޅިގެން، އެ ޕާޓީގެ ކުރީގެ ރައީސުންގެ ވަރުގަދަ ރައްދުތަކެއް!

    0 shares
    Share 0 Tweet 0
  • ”މާލޭ ރައްޔިތުންގެ ޑިކްޝަނަރީން އަންނިގެ ނަން ފޮހެލައިފި“

    0 shares
    Share 0 Tweet 0
  • މާލެ އަތޮޅު ރައީސްއަކަށް 24 އަވަރސް މޭން

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In