ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަނެއް ސާފުކުރަން ހުންނެވި ފޮޓޯތަކެއް ޢާންމުވުމާއި ގުޅިގެން އިބްރާޙިމް މުޙައްމަދު(އިބްރާހިމް ޖަނާބް) ފާޑުވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ މައްޗަންގޯޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ރައީސް ނަޝީދާއި ވާދަކުރެއްވި އިބްރާހިމް މިރޭ ވިދާޅުވީ ރައީސް ނަޝީދަކީ ޢާންމު ދިރިއުޅުއްވުމުގައި ވެސް ތަނެއް ފޮޅައި ސާފުކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވެފައިވާއިރު، ނިކުމެވަޑައިގެން އެފަދަ ހަރަކާތްތައް ދައްކަވައި ފޮޓޯ ނަގުވައިގެން ޢާންމުކޮށް އޭގެ ބޭނުންކުރަމުންދިޔަ ނަމަވެސް ރައްޔިތުންގެ ސިކުނޑިއަކާ ނުކުޅުއްވެވޭނެކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.
”މުޅި ދިރިއުޅުމުގައި ކޮޓަރި ވެސް ފޮޅާ ސާފުނުކުރާ މީހަކު ވޯޓު ސީޒަނުގައި ނިކުމެ އެފަދަ ހަރަކާތް ދައްކާ، ފޮޓޯ ނަގުވައިގެން، ޢާންމުކޮށް އޭގެ ބޭނުންކޮށްގެން، ފަސް ހަފަހަރު ދިވެހިންގެ ބުއްދިއާއި ކުޅެވިދާނެކަމަށް ދެކުމަކީ ރަށްޔިތުންނާމެދު އެ ދެކޭ ދަށު ވިސްނުން ފާޅުކުރުން“ އިބްރާހިމް ރައީސް ނަޝީދަށް ފާޑުވިދާޅުވިއެވެ.
އިބްރާހިމަކީ ކެރިވަޑައިގެން ފާޅުގައި ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެއްކަން ފާަހަގަކޮށްލެވެއެވެ.
އެއީ މުނާފިގުންގެ ވައްތަރު. ތާކު ހުރި ފައްކާ ލާދީނީ ބޮޑު މުނާފިގެއް. އެހެންވީމަ ތެޅޭނެ އެހެން. އެހެން މީހުންގެ ލޮލުގަ އަނދުން އަޅުވަން. މީނަ މީމާ ހިތްތިރި މީހެކޯލަ. އެކަމަކު އެއުޅޭ މުސްކުޅި ހެލްތު މިނިސްޓަރު ލަދުގަންނަވާލި އިރު އެއްކަލަ މާތް މަތިވެރި ކަރާމާތްތެރި މީހާގެ ހިތްތިރިކަމާއި މަޑުމައިތިރިކަމާއި ކެތްތެރިކަން ކޮބާ؟ އެހެންވީމަ މިބުނަނީ މުނާފިގެކޭ. ތިމާގައިގަ ނެތްކަމެއް ދައްކަން އުޅެނިކޮށް ލައިވް އިވެންޓެއްގައި ބަސްޓްވީ.
Liyuntheriyaa vani varah zaathee vega.ibraamah mask koh,nasheedhah aadhaige basmagu.
Meehegge aibu kiyun e ey gatu kameh noon e ey katumeehunge kameh
Meehegge aibu kiyun e ey gatu kameh noon e ey katumeehunge kameh