އަވައްޓެރި އިންޑިޔާގައި ދިރިއުޅެމުންދާ މުސްލިމުން އަހުންނާއި އުހުތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހި، އެހާމެ އުފަލުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ ޝާހީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، ރަސްމީ ދަތުރުފުޅެއްގައި މިހާރު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި، އެގައުމުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިޔާ ވަނީ އޯގަނައިޒޭޝަން ފޯ އިސްލާމީކް ކޯޕަރޭޝަނަށް ހުށަހެޅުނު ގަރާރަށް އިންޑިޔާއަށް ތާއީދު ކޮށް ރާއްޖެއިން ވާހަކަ ދެއްކުމާއި ގުޅިގެން ސުވާލު ކޮށްފައެވެ.
އެ ސުވާލާއް ޖަވާބު ދެއްވަމުން ޑރ ޝާހީދު ވިދާޅުވީ، އިންޑިއާ އަކީ ބޮޑު އާބާދީ އެއް އޮންނަ ގައުމެއް ކަމަށާއި، އިންޑޮނޭޝިޔާ ފިޔަވައި އެންމެ ބޮޑު މުސްލިމުންގެ އާބާދީ އެއް އޮންނަ ގައުމަކީ ވެސް އިންޑިޔާ. ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ، އިންޑިޔާގައި ދިރިއުޅެމުންދާ މުސްލިމުން ތިބީ ވަރަށް އުފަލާއި ހިތްހަމަޖެހުމާއި ކަމަށާއި، އެކަން އެމީހުންގެ މޫނުމަތިން ފާޅުވާ ކަމަށެވެ.
އެހެންނަމަވެސް އިންޑިޔާގެ ސަރުކާރުގައި މިހާރު ތިބި ގިނަ ފަރާތްތަކުން އަންނަނީ އެގައުމުން މުޅިންހެން މުސްލިމުން ގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުންނެވެ. އަދި ފަހަކަށްއައިސް އިންޑިޔާގެ މުސްލިމުންނަށް އެގައުމުގައި ދެމުން އަންނަ އަނިޔާތައް ވަނީ ގިނަ ވެފައެވެ.
މަނިކުފާނު ކޮންދުވަހަކުތޯ އިންޑިއާގެ މުސްލިމުންގެ ހާލު ބައްލަވަން ނުވަތަ އެބައިމީހުންގެ ހިތުގެ އުދާސްތައް ދެނެގަންނަން އެބައިމީހުން ކައިރިއަށް ޒިޔާރަތް ކުރެއްވީ؟ މީގެ ތިންހަތަރު ދުވަސް ކުރިން 15 ވަރަކަށް އަހަރުގެ ފަގީރު މުސްލިމް ފިރިހެން ކުއްޖަކު ހިންދޫންގެ އަޅުކަންކުރާ ތަނަކުން ފެންބުއިކަމަށްޓަކައި ހިންދޫ ގުންޑާއެއް އެކުއްޖާ ތަޅާ ރޯނާކޮށްލީ. އެޚަބަރު ދިވެހިނޫހަކުންނެއްނޫން އަހަރުން ކިޔާލީ. މަނިކުފާނަކަށް އެނގިނުލައްވާނެ އެތާތިބި ދެރަނިކަމެތިންގެ ހާލެއް. އަމިއްލަ ގައުމުގަތިބި ދެރަނިކަމެތިންގެ ހާލު އިހުސާސް ނުކުރެވޭ ބަޔަކަށް އެހެން ގައުމެއްގެ މުސްލިމުންގެ ހާލާބެހޭގޮތުން ތިކަހަލަ އެއްޗެކޭ ބުނާއިރު ކީކޭބާ ހިތައްއެރީ؟ މާރީއްޗެއްނު ބުނިނަމަ މިހާރު ތިމަންނަމެންނަށް ނެތޭ ގެރިމޯދީގެ ޕަޕެޓަކަށްވެގެން ތިބުން ނޫންގޮތެއް. އެހެންވީމައޭ އެމީހުންނާ އެއްކޮޅަށް ވާހަކަ ދެއްކީ. ހިތްތަކުގަ ވާހައި އެއްޗެއް ދެނެވޮޑިގެންވާ ފަރާތެއް ވާކަން ދަނެގެން އުޅެންވާނީ