ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓު ޕްރޮފެސަރު ޑރ.މުޙައްމަދު އިޔާޒްގެ ސަސްޕެންޝަން އުވައިލައިފިއެވެ.
ޑރ.އިޔާޒު ސަސްޕެންޑްކުރީ މި މަހުގެ 04 ގައެވެ.
އެއީ ސޯޝަލް މީޑިއާގައި އޭނާ ޢާންމުކުރައްވާ ބައެއް ލިޔުންތަކުގެ ސަބަބުން ޔުނިވަރސިޓީގެ ކަރާމާތާއި ޤަދަރަށް އުނިކަން އަންނަކަމަށް ބުނެއެވެ.
ޑރ.އިޔާޒުގެ ސަސްޕެންޝަން އުވައިލާފައި މިވަނީ ސަސްޕެންޑްކުރި މުއްދަތުކަމަށްވާ 14 ދުވަސް ހަމަވުމުންނެވެ. ސަސްޕެންޝަން އުވައިލިކަން ޔުނިވަރސިޓީން މިއަދު ވަނީ ޑރ.އިޔާޒަށް އަންގާފައެވެ.
Al hamdhu Lillaahi.