ޕިއްޒާބޯނާއިން ވައްކަން ކުރި މީހަކު ހޯދަން ފުލުހުން އިޢުލާނުކޮށްފިއެވެ.
މާރިޗު 3 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މާފަންނުގައި ހުންނަ ޕިއްޒާބޯނާގެ ކޭޝް ކައުންޓަރުގައި ބާއްވާފައިއޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުޤީޤަށް މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ހާމަ ކޮށްފިއެވެ.
ފުލުހުން ވަނީ ވައްކަން ކުރި މީހާގެ ފޮޓޮއަކާއި އެ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކޮށްފައެވެ.
އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
އެ މައްސަލަ އާއި ގުޅިގެން ފުލުހުން އާންމުކުރި ވީޑިއޯ:
https://www.facebook.com/219613284729264/posts/4075094409181113/