އުތުރު ތިލަފަޅުގެ އެއްބަސްވުން ބާޠިލުކުރަން ސްޕްރީމް ކޯޓަށް ހުށަހަޅަން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
’“ދިޑެއިލީ“ އަށް މަޢުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން އިއްޔެ ބޭއްވި ޖޮއިންޓް ކައުންސިލްގެ ބައްދަލުވުމުގައި ފާސްވެފައިވާކަމަށެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ އަށް ޞަފުޙާ ހިމެނޭ ލިޔުންތަކެއް ލީކްވެފައިވާއިރު، ސަރުކާރުން އަންނަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.