މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށް ގއ.ވިލިނގިއްޔަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެކެފަރު ކަނޑާއި 09 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު ”ހުޝިޔާރު“ ދޯނީގައި ހުރި ޢުމުރުން 55 އަހަރުގެ މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްހީ އަވަސް ފަރުވާދިނުމަށް ގއ.ވިލިނގިއްޔަށް ގެންގޮސްފައިވާ ކަމަށެވެ.
މި ދިވެހި މީހާ ގޮވައިގެން ވިލިނގިއްޔަށް ދިއުމުގައި ހަރަކާތްތެރިވީ ސަދަން އޭރިއާގެ ކޯސްޓްގާޑް ސޮކްޑްރަންއިންކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:58 ހާއިރު ކަމަށާއި، އޭނާ ވިލިނގިއްޔަށް ގެންދެވުނުއިރު 11:55 ހާއިރު ވެދާނެކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.