އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ އެސްޓީއޯގެ ފިހާރަ ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ އެސްޓީއޯގެ ފިހާރައިގެ ތިޖޫރީ ހަލާކު ކޮށްލައިގެން ވައްކަންކުރި މައްސަލައެއް ރޭ ފަތިހު 5:45 ގައި ހުށަހެޅިފައިވާ ކަމަށެވެ.
އެ ގޮތުން މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިގެ ތިޖޫރީން 7000 ރުފިޔާ ވަގަށްނެގި ކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި، މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުން އަންނަކަމަށް ފުުލުހުން ބުންޏެވެ.