ރާއްޖޭގ ހުރިހައި ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހިނގަމުން މިދާ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް(ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރު ނަސީމް ވަނީ ހާޒިރުކޮށްފައެވެ.
މި ގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވަނީ އެމްބިއުލާންސް ލިބޭނެ ދުވަހަކާއި ގުޅޭ ގޮތުން މިނިސްޓަރު ނަސީމަށް ސުވާލު ދަންނަވާފައެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ އެކަށީގެންވާ ވަރަށް ކުދި ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްނުދެވޭ ކަމަށެވެ. އެ ގޮތުން ކުދި ރަށްތަކަކީ އެކަހެރިވެފައި އޮންނަ ރަށްތަކެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި، އެހެން ރަށްރަށެކޭ އެއްފަދައިން އެ ރަށްރަށަށް ވެސް ޚިދުމަތްތައް ދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ އެކަށީގެންވާވަރަށް ކުދި ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށް ނުދެވޭ ކަމަށެވެ.
އެ ގޮތުން އަންނަ އޭޕްރީލްގައި އެމްބިއުލާންސްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށްޓަވާނެކަމަށާއި، ރާއްޖޭގ ހުރިހައި ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހިނގަމުން މިދާ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ލިބޭނެކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި ރާއްޖެ ގެންނާނީ މުޅިން ވެސް އައު އެމްބިއުލާންސް ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ދައުލަތުގެ ޚަރަދުގައްޔާއި، ޖަޕާނުގެ އެހީގައްޔާއި، އެހެން ޕްރޮގްރާމެއްގެ ދަށުން ގެންނަ އެމްބިއުލާންސްތައްކަމަށެވެ.