ކާފަރު ބައެއްގެ ގޮނޑިކޮއްކޮ ސަރުކާރަކަށް ވުމަށްވުރެ، ބާރުގަދަ މުސްލިމު ޤައުމެއްގެ ދަށުގައި އޮތުން މާ ރަނގަޅުކަމަށް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ޝައިޚް ލަޠީފް މިހެން ވިދާޅުވެފައިމިވަނީ އިންޑިއާއިން ތަރައްޤީކޮށްދޭ އުތުރު ތިލަފަޅުގެ ބަނދަރާބެހޭ ގޮތުން، އެ ޤައުމުގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް ލީކުވެ މަސްރަހު ހޫނުވެފައިވަނިކޮށެވެ. އެ އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި 30 އަހަރު ވަންދެން ދެމިތިބެވި، ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ.
ރައީސް ޔާމިންގެ ސަރުކާރުން ހިންގަން އުޅުނު ފ.އަތޮޅުގެ މެގަ ޕްރޮޖެކްޓާމެދު(އައިހެވަން މަޝްރޫޢު) ކަންބޮޑުވުން ފާޅުކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާކޮށްފައެވެ. އެ މަޝްރޫޢުއަކީ ސަޢޫދީ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދަން ނިންމި މަޝްރޫޢުއެކެވެ.
ޝައިޚް ލަޠީފް ކުރެއްވި ޓްވީޓުގައި ވަނީ ފ.އަތޮޅުގެ ތަރައްޤީގެ މަޝްރޫޢު ސަޢޫދީ ޢަރަބިއްޔާއަށް ދިނުމަށް ދެކޮޅު ހަދައި، މުޒާހަރާތައް ކުރި މީހުން މިއަދު މި ކުރަނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
”ފ.އަތޮޅުގެ ތަރައްޤީގެ މަޝްރޫޢު ސަޢޫދީ ޢަރަބިއްޔާއަށް ދިނުމަށް ދެކޮޅުހަދައި މުޒާހަރާތައްކުރި މީހުން މިއަދު މިކުރަނީ ކޮންކަމެއްބާ! ޑރ. ޢަބުދުލްޤާދިރު ޢައުދާ ވިދާޅުވެފައިވާ ގޮތުން ކާފަރު ބައެއްގެ ގޮނޑިކޮއްކޮ ސަރުކާރަކަށް ވުމަށްވުރެ، ބާރުގަދަ މުސްލިމު ޤައުމެއްގެ ދަށުއޮތުން މާރަނގަޅު.“ ޝައިޚް ލަޠީފް ވިދާޅުވިއެވެ.
މުޅިންވެސް ސިޔާސީ. ސައޫދީ އިސްވެ އޮވެ މުސްލިމުންނާއި ހަނގުރާމަ އެ ކުރަނީ ކީއްކުރަންތޯ. މިއަދު މުޅި ދުނިޔެ ތިހާލަތުގައި.
ގޮނޑިކޮއްކޮ ސަރުކާރު މުޅިންވެސް. މިޔޭ ބުނާނެ އެއްބަޔަކު ނެތް. މުޅިންވެސް ތިމާމެން ގެ ބޮނޑި ބޮޑު ކުރުން އޮންނަނީ