ޖަޕާން ސަރުކާރުގެ އެހީގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސްއަށް ވެހިކަލްތަކެއް ފޯރުކޮށްދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ، ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު އޮންނަނީ ވަރުގަދަ، ބަދަހި ގުޅުމެއް ކަމަށާއި އެ ގުޅުމުގެ ތެރެއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް މިނިސްޓަރުކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އެއްބަސްވުމާއި ގުޅޭގޮތުން އެމްއޭޕީޑީން ބުނީ މި އެއްބަސްވުމުގެ ދަށުން 3 ވެހިކަލް ލިބިގެންދާނެ ކަމަށާއި މި އުޅަނދުތަކާއި އެކު ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެކްސެސިބިލިޓީ އިތުރުވެ، މޯބިލިޓީ އިތުރުވެގެންދާނެކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.