ސަރުކާރުގެ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައި މިއަދު އިހުތިޖާޖުކޮށްފައެވެ.
ޕީއެންސީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އެ އިޖުތިޖާޖުގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް އާއި މުހައްމަދު ޝާހިދު ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.
އިދިކޮޅުން މިދުވަސްވަރު ދަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ. އެގޮތުން ކޮންމެ ހަފްތާ ބަންދެއްގައި އިދިކޮޅުގެ ގިނަ ބަޔަކު ނިކުމެ މާލެ ސަރަހައްދުގައިވެސް ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.
އެންމެ ފަހުން ފެންމަތިވި މައްސަލަ ކަމަށްވާ އުތުރު ތިލަފަޅުގެ މައްސަލައާ ގުޅިގެން އެ އެއްބަސްވުން އުވާލައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވަލާއި އިދިކޮޅުން ވަނީ ގަރާރެއްވެސް އެކުލަވާލާފައެވެ.