ނޫ ރާއްޖޭގެ ސައިންޓިފިކް ރިސާރޗްގެ 2 ވަނަ ދަތުރު ފަށައިފިއެވެ.
ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ދިރާސާކުރުމުގެ އެ ރިސާރޗްގެ 2 ވަނަ ދަތުރުގައި ސައިންސްވެރިން ފުރަތަމަ މާލެ އަތޮޅުގެ އުތުރާއި ދެކުނުގެ ކަނޑުތައް ބެލުމަށް ފަހުގެ ދެން ދަތުރުކު ރާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ.
22 ދުވަހުގެ މިދަތުރުގައި ބައިވެރިވަނީ އެމެރިކާގެ ރިސާރޗަރުންނާއި ރާއްޖޭގެ މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ސައިންސް ވެރިންނެވެ.
ހުވަދުއަތޮޅާއި، ފުވައްމުލަށް، އައްޑޫ އަދި މާލެ އަތޮޅުގެ ފަރުތަކުގެ ޙާލަތު ދިރާސާކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ އަބާދީ އަންދާޒާކުރުމަށް ސަރވޭ ކުރަން ވަނީ ހަމަޖެހިފައި ވާއިރު ފުޅި އަޅައިގެން ފީނައިގެން ފަރުގައި އުޅޭ ދިރުންތަކުގެ ވެށި ދިރާސާކޮށް، ރިމޯޓް ކޮންޓްރޯލްޑް ކެމެރާ ބޭނުންކޮށްގެން މިޔަރު އަދި ކަހަނބު ފަދަ ބޮޑެތި ދިރުންތަކުގެ މަޢުލޫމާތު ވެސް އެއްކުރުމަށް ވނީ ހަމަޖެހިފައިވެއެވެ.
މި އެކްސްޕެޑިޝަން ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ދިވެހި ސަފާރީ ބޯޓެއްކަމަށްވާ ކާޕޭ ނޯވޯ ގައެވެ.
ނޫ ރާއްޖެ ޕްރޮގްރާމުން ޖެނުއަރީ 2020ގައި ދިޔަ ފުރަތަމަ ދިރާސާ ދަތުރުގައި އުތުރާއި މެދުރާއްޖެތެރޭގެ 16 އަތޮޅެއް ވަނީ ދިރާސާކޮށްފައެވެ.