ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރެސްޓޯރެންޓުތަކަށާއި ކެފޭތަކަށް ބޮޑެތި ގެއްލުންވާ ކަމަށް ބުނެ އެތަންތައް ބަންދުކޮށް ހަޅުތާލަށް ނިކުންނަށް ނިންމައިފިއެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ރެމް) އިން ބުނެފައިވަނީ ހަޅުތާލުކުރުމަށް ނިންމާފައިވަނީ ސަރުކާރުން އެކަމަށް އެއްބާރުލުން ލިބިފައިވާ ނުވުމުގެ ސަބަބުން ހައްލެއް ހޯދުމަށްޓަކައި ކަމަށެވެ.
އެގޮތުން ރެމްގެ އިތުރުން މޯލްޑިވްސް އީސްޓާސް ޔުނިއަން އާ ގުޅިގެން އެ ހަޅުތާލު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ރެސްޓޯރެންޓުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް އެ ހަޅުތާލު ކުރިއަށްދާނެ ވަގުތެއް ނުވަތަ ތަނެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވަނީ އިރު އޮއްސި 1800 އިން ފެށިގެން މާލެ ސަރަހައްދުގައި އެއްވެސް ކަހަލަ އުޅަނދެއް ނުދުއްވޭނެ ކަމަށް އެޗްޕީއޭއިން ނިންމާފައެވެ. އަދި ރޭގަނޑު 2000 އިން ފެށިގެން ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތްތައް ދިނުން ހުއްޓާލުމަށްފަހު 2230ގެ ފަހުން ޑެލިވަރީގެ ހިދުމަތްވެސް ހުއްޓާލުމަށް ވަނީ އެޗްޕީއޭއިން ނިންމާފައެވެ.
އޭގެ ސަބަބުން ރެސްޓޯރެންޓުތަކާއި ކެފޭތަކަށް އެކި ކަހަލަ ގެއްލުން ކުރަމުންދާ ކަމަށް އެ ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ. ރެސްޓޯރެންޓުތަކުން ޑެލިވަރީ ކުރާއިރު އެ ފަރާތްތަކަށް ދޫކުރަނީ އެންމެ ދެ ހުއްދަ ކަމަށާއި އޭގެ ސަބަބުން އެކި ކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ކޮބާތޯ އެޗް،ޕީ، އޭ އަދި މަޖިލިހުގެ މައްސަލަޔަކީ؟ މަޖުލިހުގައި ތިބި މީހުނަށް މިލިޔަނުން ފައިސާ ލިބޭ ލޮކްޑައުން ވުމުގެ ސަބަބުން 3 މިލިއަން ލިބުނުކަމަށް މަޖިލިހުގެ ބައެއް މެންބަރުން އެބަބުނޭ ކޮބާ ކެފޭތަކާއި ހޮޓާތައް ބަންދު ކުރުމުން އެމީހުންނަށް ހުރި ގެއްލުމަކީ؟ 3 އިރު ބޭނުންވާ އެއްޗެއް މަޖިިލިހުގެ މެންބަރުންނަށް ކާންލިބޭ ކޮބާ މައްސަލަޔަކީ؟
މަޖިލިހަށް ދިޔަސް ނުދިޔައަސް 100000.00 ލިބޭ ކޮބާ މައްސަލަޔަކީ؟ ަހަރުމެންގެ ގެ އުފަން ރަށަށް މައިން ބަފައިން ދެކިލަން ދާންވީމާ ކޮވިޑުޖެހޭ ، ރީދޫ ޓައްޔެއް އަޅައިގެން ހުދުގަމީހެއް ލައިގެން އަތޮޅު ތެރެޔަށް ކިތަންމެ ދަތުރެއް ކުރިޔަސް
ކޮވިޑު ނުޖެހެޭ ކޮބާ މައްސަލަޔަކީ؟