ރާއްޖޭގައި މިލިޓަރީ ބޭހެއް ޤާއިމުކުރަން އުޅޭނަމަ ރައްޔިތުންގެ މަޖިލީހުގައި އެއާއި ބެހޭ ބަހުސް ކުރިއަށްދާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެެއްޖެެއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމުކުރެވުނު އުތުރު ތިލަފަޅާ ގުޅޭ އެއްބަސްވުމުގެ ކޮޕީއެއްކަށް ބުނާ ލިޔުންތަކެއް ލީކްވެފައިވަނީ އިއްޔެގައެވެ. އެ ގޮތުން މަޖިލީހަށް މިއަދުގެ ޖަލްސާގައި ވަނީ އުތުރު ތިލަފަޅާ ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކާ މީހުންނާއި، ފޭކް އެއްބަސްވުންތައް ލީކްކުރާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅަން ގޮވާލައްވައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.
އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި މި މައްސަލަ ވަނީ މަޖިލީހަށް ބަލައިގެންފައެވެ. 38 މެންބަރުންގެ ވޯޓާއެކު މައްސަލަ ބަލައިގަނެ ބަހުސް ފަށާފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅުގައި ޤާއިމުކުރަނީ މިލިޓަރީ ބޭހެއްކަމަށް އެ މަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މިލިޓަރީ ބޭސްއެއް ޤާއިމުކުރަން އުޅޭނަމަ ރައްޔިތުންގެ މަޖިލީހުގައި އެއާއި ބެހޭ ބަހުސް ކުރިއަށްދާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގަންޖާ19ގެ ލާދީނީފަތިސް ބައިގަނޑުމީހުން މިޤައުމު ކޮވިޑްވެކްސިން ކޮޅަކަށް ވިއްކާލިއިރު ވެސް އެއްބަސްނުވާނެ
ސަރުކާރުން ވައެއްބޭރުކުރިޔަސް ރައްޔިތުން މަޖިލީހުގެ ރުހުން ހޯދަންޖެހޭއިރު އެހާބޮޑު އެއްބަސްވުމެއްގެދަށުން ހިންގާ ތަރަށްގީގެ މަސްރޫއު އަކާބެހޭ މައުލޫމާތާއި އެއްބަސްވުން ސިއްރުކުރުމަކީ އެކަންގޮސްފައޮތީ ގޯހުންކަން ސާބިތުވާކަމެއް .