މީޑިއާއަކީ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުކަން ޢިއްޒަތްތެރި މެންބަރަށް އެނގިވަޑައިނުގެންނެވީތީ ލަދުގަންނަންޖެހޭކަމަށް ވިދާޅުވެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ނޫސްވެރިޔާ އަދި ޕްރެސެންޓަރު ރިޒްނާ ޒަރީރު، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާއަށް ޕީޕީއެމްއިން ވާދަކުރައްވާ ކެންޑިޑޭޓުންގެ ޖަގަހަ ހުޅުވުމަށްޓަކައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު ސަޢީދު ވަނީ، ޚަބަރު ވިދާޅުވާން އިންނަވާފައި އައިސް، ޝުޖާއުއާއި ވާދަކުރައްވާން ލަދުގަންނަން ޖެހޭ ކަމަށެވެ.
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަކީ ޕީޕީއެމްއިން ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.
މި ގޮތުން ރިޒްނާ ވިދާޅުވީ މީޑިއާއަކީ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުކަން ޢިއްޒަތްތެރި މެންބަރަށް އެނގިވަޑައިނުގެންނެވީތީ ލަދުގަންނަންޖެހޭ ކަމަށެވެ.
”ނޫސްވެރިކަމުގައި އުޅެފައި ސިޔާސީ ދާއިރާއަށް ވަނުމަކީ ލަދުގަންނަން ޖެހޭވަރުގެކަމެއް ނޫން.“ ރިޒްނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޒްނާ ވަނީ އަންހެނަކަށްވީތީ ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެކަމަށް ވެސް ވިދާޅުވެފައެވެ.
ނޫސްވެރިކަމުގައި އުޅެފައި ސިޔާސީ ދާއިރާއަށް ވަނުމަކީ ލަދުގަންނަން ޖެހޭވަރުގެކަމެއް ނޫންކަމަށް ރިޒްނާ ވިދާޅުވިއިރު، މި ޤައުމުގައި މިހާރު ހުންނެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ ވެސް ނޫސްވެރިކަމުގެތެރެއިން ކުރެއްވި ދަތުރުފުޅުން ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން ތިއްބެވި ބޭފުޅުންނެވެ.
ކަމަނާ!! ތީ މީހަކު ލަދުގަންޖެހޭ ކަމެއްނޫން. ކައްވަޅުގަ ތިސުވާލުތަކެއް ނުކުރެވޭނެ. ކީރިތި ގުރުއާން ކިޔަވަން ނޭގެންޏާ ލަދުގަންނަން ޖެހޭނީ. އިސްލާމްދީނުގެ ރުކުންތަކާއި އިންސާނާގެ މައްޗަށް ކުރުން ވާޖިބުވެގެންވާ ކަންތައްތައް ނޭގެންޏާ ލަދުގަންނަން ޖެހޭނެ. ސައީދުގެ ބަސްވެސް ކަމަކުނުދޭ ކަމަނާގެ ބަސްވެސް ކަމަކުނުދޭ