އުތުރު ތިލަފަޅާ ގުޅިގެން އިއްޔެ ލީކުކޮށްލި އެއްބަސްވުމުގެ މައްސަލައިގެ ފަހަތުގައި އިސްރޯލެއް އަދާކުރައްވާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ބުނެ އޭނާއަށް ފިޔަވަޅު އެޅުމަށް އެދި އެމްޑީޕީ މެމްބަރުން ގޮވާލައިފި އެވެ.
އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ގާއިމުކުރުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި ވެފައިވާ އެއްބަސްވުން ކަމަށް ބުނާ އެއްބަސްވުމެއް ވަނީ އިއްޔެ ލީކުކޮށްލާފައެވެ. އެ އެއްބަސްވުން ލީކުކޮށްލުމުގެ ފަހަތުގައި އުމަރު ނަސީރު ވާ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން އޭނާގެ ފޭސްބުކް ޕޭޖުންވެސް ވަނީ އެ އެއްބަސްވުން އާންމުކޮށްފައެވެ.
އެކަމާ ގުޅިގެން، އެއްބަސްވުން ލީކުކުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވަލައި މިއަދު މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ބަލައިގަނެ ބަހުސްކުރިއަށް ގެންދާއިރު އެމްޑީޕީ މެމްބަރުން ދަނީ އުމަރު ނަސީރަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
އެގޮތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު (ދޮންބިލެއް) ހަލީމް ވިދާޅުވީ އުމަރު ނަސީރު ވަނީ އެއްބަސްވުން އެއީ އިންޑިއާއިން އޭނާއަށް ލިބިފައިވާ އެއްބަސްވުމެއް ކަމަށް ބުނެ އެއްބަސްވުން ލީކުކޮށްފައި ކަމަށެވެ.
ސިޔާސީ ބޭނުންތަކަށް އެފަދަ ކަންތައް ކުރެވިގެން ނުވާނެ ކަމަށާއި އެކަން އުމަރު ނަސީރުކޮށްފައިވުމުގެ ސަބަބުން އެކަމަށް ފިޔަވަޅު އެޅުމަށް ދޮންބިލެއް ވަނީ ގޮވާލާފައެވެ.
މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު އެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ސަރުކާރުން ދަނީ ރާއްޖޭގެ ރައްކާތެރިކަމަށް މަސައްކަތް ކުރަމުން ކަމަށާއި އެ ބަނދަރާއި ޑޮކްޔާޑުގެ މަސައްކަތަކީ ރާއްޖެއަށް ރައްކާތެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ.
އެހެންނަމަވެސް ބައެއް ފަރާތްތަކުން ދަނީ އެ ވާހަކަތައް އޮޅުވާލައިގެން ފަތުރަމުން ދާކަމަށާއި އެއީ އާންމުންނާ ދަރުކާރާ ދެމެދު ހަމަނުޖެހުން އުފެއްދުމަށް ކުރާ ކަމެއް ކަމަށާއި އެކަމުގައި އުމަރު ހިމެނޭ ކަމަށް އިޝާރާތްކުރައްވައި އޭނާއަށް ފިޔަވަޅު އެޅުމަށް ވަނީ އިބްރާހީމް ނަސީރު ގޮވާލާފައެވެ.
އުމަރު ހައްޔަރުކުރާކަށްނުޖެހޭ އެގަންޖާ 19 ގެލާދީނީސަރުކާރުން ގައުމުވިއްކާލީމާ އެކަން އެންމެރަނގަޅަށް ފަޅާއަރުވާލީ އުމަރު ނަސީރު އެބޭފުޅާއަކީ މިޤައުމުދެކެ ލޯބިވާބަންޑާރައިން ކަހަލަބަތޮލެއް ވަރަށްސާފް އިނގޭތޯ
މިތިބަ ހަޔަވާނުން ތަކާ! ހަރާން ލާރި ގޮހޮރަން އަޅާ ކަންބަޅި ތަކާއޭ! އެއްފަހަރުވެސް ބުނެބަލަ. ވަގު ސަރުކާރުގެ މުނާފިގު އަންނި ގާތު އެބުނާ އެގުރިމެންޓް ތިމަން މެންނަން ދައްކާބަލާށޭ! ނުކެރޭނެ ބުނާކަށް! 20 މިލިއަން ދޮލަރު ބަހާލީ ތިއާލާތުންނަން… ހަލާކު ހުރި! އަލިފާނުން ބަނޑު ފުރާމުން ތިދަނީ….ލަލަލައް