ހައިޟުވުމާއި ގުޅުވައިގެން މަލާމާތްކުރުމަކީ މަތިވެރި ރައްބަށް ކުރެވޭ މަލާމާތެއްކަމަށް އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ޝައިޚް ޒަމްޒަމް ފާރިޝް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް(އަނދުން ޙުސައިން) ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.
އެ ގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށާއި، ކިތަންމެ ދުވަހަކު އެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން ފަހަތުން ތެމިފައި، ލޭ ތެމިފައި ހުންނަކަމަށް އަނދުން ޙުސައިން ވަނީ ވިދާޅުވެފައެވެ.
އަނދުން ޙުސައިންގެ މި ވާހަކަތަކާއި ގުޅިގެން ޝައިޚް ފާރިޝް ވިދާޅުވީ ހައިޟުވުމާ ގުޅުވައިގެން މަލާމާތްކުރުމަކީ މަތިވެރި ރައްބަށް ކުރެވޭ މަލާމާތެއްކަމަށެވެ.
”އަންހެނުން ހައިޟުވާހެން ޚަލްޤުކުރެއްވީ އެކަލާނގެ. އަދި އެކަލާނގެ ވަނީ ހައިޟުވުމާމެދު އަންހެނުންނަށް އޯގާތެރިކަމުގެ ބަސްފުޅު ވަޙީކުރައްވާފައި.“ ޝައިޚް ފާރިޝް ވިދާޅުވިއެވެ.
ހަމައެހެންމެ އެކަމާަ މަލާމާތްކުރުމަކީ ހުންނަ ޖާހިލުކަންކަމަށް ވެސް ވިދާޅުވިއެވެ.
އެކަންވާރަކުން އޮހޮރޭނީ އެކަންވާރެއްގައި ހުރިއެއްޗެއް މީ ހައިރާންވާންޖެހޭކަމެއްނޫން
އަދުންހުސޭނު އެއުޅެނީބާޒާރުމަތީގައި .އަޚްލާގެއް އަދަބެއް ސަދަބެއް ލަދެއްހަޔާތެއް ނުހުރޭ . މަޖިލީހުގަ ހަޔާތްގޮވާތީ ބޮޑުމުސާރަދީފަ ތިބޭބައެއް އެއީ. މަޖިލީހުގެ މެމްބަރުންނަށްވެސް
ޕާޓީއަށްވެސް ހުތުރު .