ރޮސޭލާ ގަހަކީ ޞިއްޙަތަށް އެހާމެ ފައިދާ ހުރި ގަހެކެވެ. އާންމު ގޮތެއްގައި ސައިގެ ގޮތުގައި ބޭނުންކުރާ މި ގަހަކީ ޕީރިއަޑް ދުވަސް ވަރު އަންހެނުންނަށް ދިމަވާ ޕީރިއަޑް ތަދަށް ހައްލެއްގެ އިތުރުން ބަރުދަން ލުއިކުރުމަށް ވެސް ބޯޔުމަށް އެހާ ރަގަނޅު ސައެކެވެ.
ރޮސޭލާ ގަހުގައި ގިނަ އަދަދެއްގެ ”ޕޮލިފެނޮލިކް ކޮމްޕައުންޑްސް“، ”ފްލޭވަނޮއިޑްސް“ އަދި ”ލިޕިޑް ސޮލިއުބަލް އެންޓިއޮކްސިޑެންޓްސް“ ހުރެއެވެ. ރޮސޭލާގެ ޞިއްޙީ ފައިދާތައް އެހާގިނައީ މި މާއްދާތަކުގެ ސަބަބުންނެވެ. އެގޮތުން ”ޕޮލިފެނޮލް“ އަކީ ކެންސަރުން ސަލާމަތް ކޮށްދޭ ބާރު ލިބިގެން ވާ ކެމިކަލް އެކެވެ.
ހައިބިސްކަސް މަލާއި ފަތަކީ ޕީރިއަޑް ދުވަސްވަރު ދިމާވާ މައްސަލަތައް ހައްލު ކޮށްދޭ އެއްޗެކެވެ. މި ބުއިމުން ދަށްބަނޑަށް ލޭ ދައުރުވާން ފަސޭހަވެއެވެ. މީގެން ދުވާ މީރު ވަހުގެ ސަބަބުން ޕީރިއަޑް ދުވަސް ވަރު މީހާގެ މޫޑު ރަނގަޅު ކޮށްދެއެވެ. މިއާއެކު ޑިޕްރެޝަނުން މީހާ ސަލާމަތް ކޮށްދީ ގިނައިން ކާހިތްވުމުން ނެސް ދުރުކޮށްދެއެވެ.

މި ސަޔަކީ ރަވަށް ފަސޭހްއިން ތައްޔާރު ކޮށްލެވޭ ސައެކެވެ. މި ސައި އެންމެ މީރު ވާނީ 2 ތަށި ރޮސޭލާ މާ، 8 ތަށި ފެނާ، ¼ ތަށި މާމުއި، ތެރެއަށް 3 ސަމްސާ ލުނބޯ ހުތް އަޅައިގެން ބުއިމެވެ. ފިނިކޮށް ވެސް މި ސައި ބޮވިދާނެއެވެ.

އާދައިގެ އަންހެނަކަށް ރޮސޭލާ ސަޔަކީ ”ސުޕަރ ފުޑް“ އަކަށް ވާ އިރު މީގެން އަންހެނުންނަށް ގިނަގުނަ ޞިއްޙީ ފައިދާ ލިބެއެވެ. މިއީ ކޮންމެ އަންހެނަކު ވެސް ތަޖުރިބާކޮށްލަން ރަނގަޅު ބުއިމެކެވެ. ނަމަ ވެސް ބަނޑު ބޮޑު މީހުން މި ސައި ބޭބުންކުރުން ރަނގަޅެއް ނޫނެވެ.
ވަރަށް މައުލޫމާތު ލިބިއްޖެ