ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ޢަދަދު 212،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން މިއަދު ވެކްސިންޖެހީ 6597 މީހުންނެވެ. އޭގެތެރޭގައި މާލެ ސަަރަހައްދުން ވެކްސިން ޖެހީ 4994 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން ވެކްސިން ޖެހީ 1603 މީހުންނެވެ.
އެހެންކަމުން މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު 121630 އަށް އަރާއިރު، އަތޮޅުތަކުގެ ރަށްރަށުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 91081 އެވެ. އެއާއެކު މުޅި ރާއްޖެއިން މިހާތަނަށް 212،711 މީހުން ވަނީ ވެކްސިން ޖަހާފައެވެ.