ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށްް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މީޑިއާ ކައުންސިލުން ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މި ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މިފަހަރުގެ އިނާމަށް އެމްއެމްސީން ހުޅުވާލާފައިވަނީ އަލަށް އިތުރު 2 ދާއިރާއެއް އިތުރުކޮށްފައިވާ ކަމަށެވެ.
މި ފަހަރުގެ އެވޯޑަށް އަލަށް އިތުރުކޮށްފައި ވަނީ އޯޑިއޯ ޖަރނަލިޒަމްއާއި، ނިއުސް ގްރެފިކްސްއާއި އިލަސްޓްރޭޝަންސް މި 2 ދާއިރާއެވެ.
މީގެއިތުރުން ވެސް 10 ދައިރާއަކުން ނޫސްވެރިންނަށް އިނާމު ދިނުމަށް އެމްއެމްސީން ވަނީ ނިންމާފައެވެ.
އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތައް:
1. ތަޙްޤީގީ ނޫސްވެރިކަން ( އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
2. ދެމެހެއްޓެނިވި ތަރައްޤީއާއި އިޖުތިމާޢީ
3. ސިޔާސީ
4. ޝަރުއީ އަދި ޤާނޫނީވި
5. ޔަފާރި އާއި އިޤުތިޞާދު
6. ކުޅިވަރު
7. ޖާރނަލިޒަމް
8. ވީޑިއޯ ޖާރނަލިޒަމް
9. އޯޑިއޯ ޖަރނަލިޒަމް
10. ނިއުސް ގްރެފިކްސްއާއި އިލަސްޓްރޭޝަންސް
11. ފީޗަރ / ރިޕޯޓް
12. އެންމެ އުންމީދީ ނޫސްވެރިޔާ
މީޑިއާ ކައުންސިލުން ބުނީ އިނާމުތަކަށް ނަން ހުށަހަޅާނީ އެކަމަށް އެ ކައުންސިލުން ހާއްސަކޮށްފައިވާ ފޯމުން ކަމަށާއި މި ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު އެމްއެމްސީން ވަނީ އާއްމުކޮށްފައެވެ.
2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.