ތ. އަތޮޅު ފިނޮޅެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ކޮތަޅެއް ފެނިފައިވާ ކަމަށް ފުުލުހުން މަޢުލޫމާތު ހާމަކޮށްފިއެވެ.
ހިރިލަންދޫ ޕޮލިސް ސްޓޭޝަނާއި، ތިމަރަފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިތަކެއްޗަކީ އެ ރަށަށް ލައްގާފައި ހުރި ތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 39 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މާރިޗު މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓު އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި 2 މައްސަލަ ވެސް ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ތީ މަސްތުވާ ތަކެއްޗެއްނޫން. ގެއެއްގެ ބަދިގެއިން އުކާލި މާޖިރީންކަމަށް ލަފާކުރެވެނީ. ފުލުހުންނަށް އަބަދުވެސް ފެންނަނީ ޝައްކު ކުރެވޭ އެއްޗެއް. މިހާރު ތިކަހަލަ އެއްޗެހި ފެނިފެނިވެސް ވެއްޖެނު ފުރަތަމަ ނަޒަރުންވެސް ޔަގީންވާން.