މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ގަލޮޅުގައި މިއަދު މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވިކަމުގެ ޚަބަރު ލިބުނީ 13:00 ހާއިރު ކަމަށެވެ. އަދި އެ މާރާމާރީގައި އަނިޔާވީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އެ ގޮތުން އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން އެނގިގެންދާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައެއްޖެހި، ގ.ސެންޓުގެ ކައިރިންނެވެ.