ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ފުލުހުންގެ ބޯޑަށް، ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ އިންޓަރނޭޝަނަލް ސްޕޯކްސް ޕާރސަން ޙާމިދު ޢަބްދުލްޣަފޫރު ޢައްޔަންކުރެއްވުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ބޯޑަށް ޙާމިދު ޢައްޔަންކުރަން ރުހުންދޭން ފެންނަކަމަށް 41 މެންބަރުން ވޯޓު ދެއްވިއެވެ. ޙާމިދު އައްޔަންކުރަން ރުހުންދިނީ ފުލުހުންގެ ބޯޑަށް ޢާންމުންގެތެރެއިން ޢައްޔަންކުރައްވާ ދެ މެންބަރުންގެ ތެރެއިން އެއް މެންބަރެއްގެ ގޮތުގައެވެ.
ޙާމިދުގެ އިތުރުން އެ މަޤާމަށް ހަތަރު ބޭފުޅަކު ކުރިމަތިލިއެވެ. ނަމަވެސް އެ ބޭފުޅުންނަށް ރުހުންދޭން މަޖިލީހުގެ ޤައުމީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ނުފެނުމުން، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާން ކޮމިޓީން ވަނީ ނިންމާފައެވެ.
ޙާމިދުގެ މައްޗަށް ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހުގައި ހދ.ހޮނޑައިދޫގައި އިތުރު ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތުކުރެވިފައެވެ. އެ މައްސަލައިގައި ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެންގުމުން ޙާމިދު އެކަމަށް އިންކާރުކުރެއްވިއެވެ.
ޝަރުބަތެއްނޫޫން އެއީ. އޭނަ އިނީ ޒަމްޒަމް ފެން ބޯން.