ޗައިނާގެ ސިނޮފާމް ވެކްސިނަށާއި، އެމެރިކާގެ ފައިޒާ ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފިއެވެ.
ސިނޮފާމް ވެކްސިނާއި، ފައިޒާ ވެކްސިން ބޭނުންކުރަން ހުއްދަދީފައިވާއިރު، ރާއްޖޭގައި މިހާރު ބޭނުންކުރަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑެެވެ.
އެޗްއީއޯސީން މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރެއްވި ގޮތުގައި ސިނޮފާމް ވެކްސިން ޖަހާނީ ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށެވެ. ހަމައެހެންމެ ފައިޒާ ވެކްސިން ޖަހާާނީ މިހާރު ވެސް ވެކްސިން ދޭ ޢުމުރުތަކުގެ މީހުންނަށް ދޭނެކަމަށެވެ. ނަމަވެސް މި ދެ ވެކްސިނަށް ހުއްދަދިނީ އިމަރޖެންސީގައި ބޭނުން ކުރުމަށެވެ.
ރާއްޖޭގައ ސިނޮފާމް ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވާއިރު، ރާއްޖެއަށް އޭގެ 18000 ޑޯޒު ލިބިފައިވެެއެވެ. ހަމައެހެންމެ ޗައިނާއިން ވަނީ އޭގެ 200،000 ޑޯޒް ހަދިޔާކުރަން ނިންމާފައެވެ.