އިންޑިއާއާއި ރާއްޖެއާ ދެމެދުގައި ވެފައިވާ ތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން ރާއްޖެ އަންނަ ފަރާތްތަކުންނާއި ގެންނަ ތަކެތީން އެއްވެސް ކަހަލަ ޓެކްސްއެއް އަދި ޑިިއުޓީއެއް ނުނަގާނެ ކަމަށް އެއްބަސްވުމުން ހާމަވެއްޖެ އެވެ.
ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރުމަށް ރާއްޖެއަށް ގެންނަ ތަކެތީން އެއްވެސް ކަހަލަ ޓެކްސްއެއް އަދި ޑިއުޓީއެއް ނެގިގެން ނުވާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.
އަދި އޭގެއިތުރުން ނަސައްކަތް ކުރުމަށް ރާއްޖެ އަންނަ ފަރާތްތަކާއި ތަމްރީންތައް ފޯރުކޮށްދޭ ފަރާތްތަކުންގެ އަތުންވެސް ޓެކްސް އަދި ޑިއުޓީ ނެގިގެން ނުވާނެ ކަމަށް ވަނީ އެއްބަސްވުމުގައި ބުނެފައެވެ.
އެއްބަސްވުމުގައިވާ ގޮތުގެ މަތީން ރާއްޖެއަށް އަސްކަރީ ފަރާތްތައް ނުވަތަ ޑޮކްޔާޑު އަދި ބަނދަރުގައި ހަރަކާތްތެރިވާ މީހުން އިންޑިއާއިން ގެނެވޭނެއެވެ. އެ ފަރާތްތައް ރާއްޖެ އަންނާނީ ޑިޕްލޮމެޓުންގެ މަގާމުގައި ކަމަށާއި އެފަރާތްތަކުންގެ އަތުންވެސް ޑިއުޓީއެއް ފަދަ އެއްޗެއް ނުނެގޭނެ ކަމަށް ވަނީ އެއްބަސްވުމުގައި ބުނެފައެވެ.
އެއްބަސްވުމުގައި ބުނެފައިވާގޮތުގައި އެ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ސަރުކާރުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ.
Miee RY jalun minivan kuran jahaa malhieh. Raiyuthun visnaathi. Adhives ppm gengulheny mmprc ge faisaa
Whats wrong with this. I dont think there is any problem. Its a normal practice.