މޫނުގެ ހަންގަނޑުގައި ބިހިނެގުމާއި ލަކުނު ނެލުމުގެ މައްސަލަތަކުން ދުރުކުރުމަށް ބާރުގަދަ ކެމިކަލްހިމެނޭ ފޭސްކްރީމް ތަކާއި ބޭސްތައް ބޭނުންކުރުމުން ހަންގަނޑުގައި ރޫޖެހި މުސްކުޅި ކަމުގެ އިހުސާސްކުރެވެއެވެ.
ބިހިނެގުމާއި ލަކުނު ނެލުމުގެ މައްސަލަތަކުން ދުރުކުރުމަށް ޤުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ގޭގައި ފަރުވާދެވިދާނެއެވެ.
ތިރީގައި އެ ވަނީ ޒުވާންކަން އިތުރުކޮށް މޫނުގެ ހަންގަނޑަށް ދިމާވާ ބިހިތައްނެގުމާއި ލަކުނު ނެލުމުގެ މައްސަލަތަކުން ދުރުކުރުމަށް ގޭގައި ތައްޔާރު ކޮށްލެވޭނެ ބައެއް ފަރުވާއެވެ.
ބްލޫބެރީ އަދި އަލްމޮންޑް އަކީވެސް ވިޓަމިން-”އީ“ އިން މުއްސަންދި ވެފައިވާ މޭވާއެކެވެ. އޯޓްސްއަކީ އެންޓި އިންފްލެމެންޓަރީ އެއްޗަކަށްވީއިރު ތާޒާކިރު އަދި މާމުޔަކީ ހަންގަޑު އަލިކޮށްދޭ އެއްޗެކެވެ.

ބޭނުންވާ ތަކެތި :
¼ ޖޯޑު ބްލޫބެރީ
¼ އަލްމޮންޑްސް
2 ސައިސަމުސާ އޯޓްސް
1 ސައިސަމުސާ މާމުއި
1 ސައިސަމުސާ ކިރު

މި ތަކެތި މިކްސާއިން ބުލެންޑް ކުރާ އިރު ކުޑަ ކިރު ފޮފެއް އެއްކުރެވިދާނެއެވެ. ހުރިހާ ބާވަތެއް މިކްސާއިން ބުލެންޑްކޮށްފައި މިޕޭސްޓް މޫނުގައި މަޑުމަޑުން މާސާޖް ވާ ގޮތަށް އުނގުޅާށެވެ. 15 ނުވަތަ 20 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ތާފެނާ ފެން ފޮދަކުން ދޮވެލާފައި ފޭސްޓޯނާއެއް ބޭނުންކޮށްލާށެވެ.
މި ފޭސްމާސްކް ހަފްތާޔަކު އެއްދުވަހު ބޭނުންކުރުން ރަނގަޅުވާނެއެވެ.