”ރާދޭ ޔޯރ މޯސްޓް ވޯންޓެޑް ބާއީ“ ރިލީޒްކުރާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.
ސަލްމާން ޚާންގެ ފިލްމު ރާދޭ ސިނަމާތަކަށް އަންނާނީ މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށް ސަލްމާން ޚާން ވަނީ އިޢުލާނުކޮށްފައެވެ.
މި ފިލްމު އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން އުޅޭކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފައެވެ.
ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ އެކްޝަން ފިލްމުގައި ސަލްމާންގެ އިތުރުން ޑިޝާ ޕަޓާނީ، ޖެކީ ޝްރޯފް އަދި ރަންޑީޕް ހޫޑާ ވެސް މުހިންމު ރޯލުތަކުން ފެނިގެން ދެއެވެ.
ފިލްމު ރާދޭ ވެސް ރިލީޒް ކުރަނީ ސަލްމާންގެ ވަރުގަދަ އެހެން ފިލްމުތައް ރިލީޒްކުރަމުން އަންނަ ސަގާފަތާ އެއްގޮތަށް ފިތުރު އީދާ ދިމާކޮށް އީދު ހަދިޔާއެއްގެ ގޮތުގައެވެ.
މިފިލްމަކީ ސައުތު ކޮރެއާގެ ފިލްމު ”ވެޓެރަން“ގެ ރީމޭކެއް ކަން ފާހަގަކޮށްލަމެވެ.