ޝަހީދުންގެ ދުވަސް ނިމިގެންދިޔައިރު ހަމައެކަނި ތަހުނިޔާ ކިޔުމަކުން ނުފުދޭކަމަށް އެމްއެންޑީއެފުގެ ކުރީގެ ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދަކީ މި އަހަރުގެ ޝަހީދުންގެ ދުވަހެވެ. ކޮންމެ އަހަރަކު ވެސް މި ދުވަސް ފާހަގަކުރަނީ ޝަޢުބާން މަހުގެ 01 ގައެވެ.
އިހްސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީދުންގެ ދުވަސް ނިމިގެންދިޔައިރު ހަމައެކަނި ތަހުނިޔާ ކިޔުމަކުން ނުފުދޭކަމަށެވެ. އަދި ރާއްޖެ މިނިވަން ކުރައްވަމުން ޝަހީދުވެވަޑައިގެންނެވި އަބްޠާލުންނަށް އިޙްތިރާމްކުރުމަކީ މިނިވަންކަން ދަމަހައްޓަން ތާ އަބަދު މަސައްކަތްކޮށް, އެކަމުގައި ޖާނާއި މާލުން ޤުރުބާންވުންކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ. އަދި އެއީ އުނދަގޫކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.