އެޗްޕީއޭގެ ގައިޑުލައިނާއި ޚިލާފުވެގެން އެމްޑީޕީއާއި، ޕީޕީއެމްއާއި، ޕީއެންސީ ޖޫރިމަނާކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮވިޑާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ގައިޑްލައިނާއި ޚިލާފުވުމުން އެމްޑީޕީއާއި، ޕީޕީއެމްއާއި، ޕީއެންސީ މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެެވެ.
ކޮވިޑާއި ގުޅިގެން އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން މައްގުމައްޗަށާއި ޢާންމު ތަންތަނަށް އެއްވެ ނޫޅުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ. ހަމަ އެ ދުވަހު އެމްޑީޕީން ވެސް ވަނީ ހުޅުމާލޭގައި ޖަގަހައެއް ހުޅުވައި ރަސްމިއްޔާތެއް ބާއްވާފައެވެ.