ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ޢަދަދު ދެލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނީ މިއަދު މުޅި ޖުމްލަ 7908 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 4941 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ވެކްސިން ޖެހި 2967 މީހުން ކަމަށެވެ.
ވުމާއެކު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 116636 އަށް އަރާފައެވެ.
ހަމަހެންމެ އަތޮޅުތަކުގެ ރަށްރަށުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 89478 އަށް އަރާފައެވެ.
އެއާއެކު މުޅި ރާއްޖެއިން މިހާތަނަށް ޖުމްލަ 206،114 މީހުން ވަނީ ވެކްސިން ޖަހާފައެވެ.
bidhey seen 100000 vah