ހޯމް މިނިސްޓަރު އިމްރާން މިހާރު ހުންނެވީ ކަރަންޓީނުގައިކަމަށް އެ މިނިސްޓްރީން މިރޭ ބުނެފިއެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ސީއެންއެމްއިން މިރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑާއި ގުޅިގެން މިނިސްޓަރު އިމްރާން ހުންނެވީ ކަރަންޓީނުގައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ހިއްސާނުކުރައްވާކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ފުލުހުން މިރޭ ބާއްވާ ޕޮލިސް ރެކްރީޓް ޓްރެއިނިންގ ނިންމުމުގެ ހަފްލާގައި، ކުރިން އޮތީ މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް އިމްރާނަށް
ބައިވެރިވެވަޑައިނުގެންނެވުނީ ކަރަންޓީނުގައި ހުންނަވަން ޖެހިވަޑައިގަތުމުންކަމަށެވެ.
އުމުރު ދުވަހު ކަރަންޓީނުގަ ހުންނަން ޖެހުނައްޔާ