މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ، އެގޭގެ އެންމެ ތިރީ ފުލޯރ ގައި ހުރި ކަރުދާސް ފޮށިތަކެއްގައެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ގޭގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރި ވަމުން ދާކަމަށާއި، އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު އެމްއެންޑީއެފް އިން ހާމަ ކޮށްފައި ނުވެއެވެ.