ރާއްޖެއިން އިތުރު 94 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ އަދާހަމަތައް ހާމަކޮށް، އެޗްޕީއޭއިން މިރޭ ބުނީ އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 65 މީހުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ރިސޯޓުތަކުން 15 މީހުންނާއި، ބައެއް ރަށްރަށުން 14 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ގޮތުން ރާއްޖެއިން މިހާތަނަށް ޖުމްލަ 21476 މީހުން ޕޮޒިޓިވްވެފައިވާއިރު، ބަލި ޖެހުނު މީހުންގެތެރެއިން އިތުރު 187 މީހުން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ މީހުންނާއެކު މިހާތަނަށް ޖުމްލަ 18967 މީހުން ވަނީ ރަނގަޅުވެފައެވެ.
ހަމައެހެންމެ މިހާރު ފަރުވާދެމުން އަންނަނީ 2438 މީހުންނަށްކަމަށްވާއިރު، އޭގެތެރޭގައި ހޮސްޕިޓަލުގައި ފަރުވާދޭ 136 މީހުން ހިމެނެއެވެ. މި ބަލީގައި މިހާތަނަށް 64 މީހުން ވަނީ ނިޔާވެފައެވެ.