ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުވެ، ޚިޔާލު ބަދަލުކުރެއްވެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިން ކުރިއަށްދާނީ ޤައުމީވަންތަ ރޫހެއްގައި ކަމަށާއި، އެއަށްފަހު އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށްކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިޞަލް ނަސީމާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ނައިބު ރައީސް ފައިޞަލް ނަސީމް އެމްޑީޕީއާއެކީ ހުންނެވުމަކީ، އެ މަނިކުފާނު ރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވާކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.
ރައީސް ނަޝީދުގެ މި ޓްވީޓަށް ރިޕްލައިކުރައްވައި ނައިބު ރައީސް ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުވެ، ޚިޔާލު ބަދަލުކުރެއްވެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިން ކުރިއަށްދާނީ ޤައުމީވަންތަ ރޫހެއްގައި ކަމަށާއި، ރައްކާތެރިކަމާއެކު ކަމަށާއި, އެއަށްފަހު އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ތިޔައީ ޖުމްހޫޕާޓީމީހެއް ކަމަކު % 100 އެމްޑީޕީ މީހެއް އޮޅުވައެއް ނުލެވޭނެ ވަރަށްސާފް އިނގޭތޯ
އެމްޑީޕީ ކެމްޕޭން ނިމޭއިރު ދެންއަލިވިލޭނީ ލާދީނީ ފަތިހަކަށް ވަރަށްސާފް އިނގޭތޯ