ޅ.ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓު ސައިޓު މޮބިލައިޒް ކޮށްފިއެވެ.
99.52 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަމުން އެމްޓީސީސީން މިރޭ ބުނީ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓު ސައިޓު މިއަދު މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
350 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން 2.3 ހެކްޓަރުގެ ބިން ހިއްކުމަށާާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ.
ހަމައެހެންމެ 421 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވާއިރު، 123.9 މީޓަރުގެ ސަރަހަައްދެއްގައި ބޭރުތޮށިލާނެއެވެ. ހަމައެއާއެކު 170.50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީން މަޝްރޫޢުތައް ހިންގަމުން އަންނައިރު، ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫޢުތައް ނިންމުންކަމަށް އެމްޓީސީސީން ބުންޏެވެ.