ސްވިޒަލޭންޑުގައި މުސްލިމުން އާއްމު ތަންތަނުގައި މޫނު ނިވައިވާ ގޮތަށް ބުރުގާ އެޅުން މަނާ ކުރަން ފާސްކޮށްފިއެވެ.
މޫނު ނިވައިވާ ގޮތަށް ބުރުގާ އެޅުން މަނާ ކުރުން ފާސް ކުރުމާ އެއްކޮޅަށް 51 އިންސައްތަ ވޯޓު ލިބިފައިވެއެވެ.
މިކަމުގެ ސަބަބުން ސްވިޒަލޭންޑުގައި މޫނު ނިވައިވާ ގޮތަށް ބުރުގާ އަޅައިގެން ފިހާރަތަކާއި އެފަދަ އެހެން ވެސް މީހުން އެއްވެ އުޅޭ ތަންތަނުގައި ނޫޅެވޭނެއެވެ.
ނަމަވެސް ބަލި ތަކުން ސަލާމަތް ވުމުގެ ގޮތުން ފޭސް މާސްކު އެޅުން ސްވިޒަލޭންޑުގައި ހުއްދައެވެ.
ފާސްކޮށްފައިވާ ޕްރޮޕޯސަލްގައި ވަކިން ހާއްސަކޮށް ބުރުގާ ނުވަތަ ނިގާބް ނެތެވެ. ހަމައެކަނި މަނާކޮށްފައި ވަނީ މޫނު ނިވައިވާ ގޮތަށް ބުރުގާ އެޅުމެވެ.
ސްވިސް ޕީޕަލްސް ޕާޓީ އިން ވަނީ ބުރުގާ އެޅުން ހުއްޓުވުމަށް ތާއީދު ކޮށްފައެވެ.
ދިރާސާ އިން ދައްކާގޮތުގައި ސްވިޒަލޭންޑުގައި މޫނު އަޅާފައި ތިބެނީ 37-21 އަހަރާއި ދެމެދުގެ 390،000 މުސްލިމް އަންހެނުންނެވެ.
ސްވިޒަލޭންޑު އާބާދީގެ 5 އިންސައްތަ އަކީ މުސްލިމުންނެވެ.