ހައުސިން ޑިވެލޮޕްޓަމްންޓް ކޯޕަރޭޝަނުގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު ”ކަނބަލުންގެ ޗުއްޓީ“ގެ ނަމުގައި 1 ދުވަހުގެ ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.
އެޗްޑީސީންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުގެ އިސް ނެންގެވުމަށް ”ކަނބަލުންގެ ޗުއްޓީ“ގެ ނަމުގައި ހާއްސަ މެޑިކަލް ލީވްއެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން އެކަން އިޢުލާންކުރައްވާފައި ވަނީ، އަންހެނުންގެ ދުވަހާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި ސެޝަންއެންގައި ވާހަކަފުޅު ދައްކަޗަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އެނިންމުން ނިންމެވި އިރު އެޗްޑީސީގައި 166 އަންހެން މުވައްޒަފުން މަސައްކަތް ކުރާކަން ފާހަގަކުރަމެވެ.
”ކަނބަލުންގެ ޗުއްޓީ“ ގެ ނަމުގައި އަންހެން މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް އެޗްޑީސީން ނިންމުމުގެ ސަބަބުން އެކުންފުނީގެ އެ ނިންމުން ރާއްޖޭގެ ތާރިހްގައި ރަންއަކުރުން ފަވާލެވިގެން ދާނެއެވެ. އެއީ ރާއްޖޭގެ ތާރިހްގައި ވެސް އެ ފަދަ ޗުއްޓީއެއްދޭ ފުރަތަމަ ކުންފުންޏަކަށް އެޗްޑީސީވެގެން ދާނެތީއެވެ.