ދަޢުވާ ކުރެވޭ ހާލަތްތަށް ނޭނގޭ ޖާހިލުން ޤާނޫނުހަދާ މަޖިލީހަށް, ރައްޔިތުން އިންތިޚާބުކުރުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށް ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ވިދާޅުވެއްޖެެއެވެ.
ހައިލަމް މިހެން ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗައް އުފުލާފައިވަނީ ސިޔާސީ ދަޢުވާތަކެއް ކަމަށާއި, ފްރޭމްކޮށްގެން މި ފަދަ ދަޢުވާތައްކުރެވޭނަމަ އެއީ ވަރައް ބޮޑު މައްސަލައެއްކަމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވުމާއި ގުޅިގެންނެވެ.
ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައިގައި, އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި މެންބަރު ޒަރީރު ވިދާޅުވީ އެއް މައްސަލައެއްގައި ޢަލީ ވަޙީދުގެ މައްޗައް 07 ދަޢުވާ އުފުލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި މީހުން ދީފައިވާ ހެކިބަހަށާއި, ފުލުހުންގެ ތަޙްޤީޤުން އެނގުނު ކަންކަމާއި, ފުށުއެރުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާކަމަށް ވެސް ޒަރީރު ވިދާޅުވެފައިވެއެވެ.
ޒަރީރުގެ ވާހަކަތަކާއި ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށުގެ އެއް ޢަމަލުގެ ސަބަބުން ގިނަ ދަޢުވާކުރެވޭ ހާލަތްތަކާއި, އަދަބު ކަނޑައެޅޭ ގޮތްތައް ނޭނގޭ ޖާހިލުން ޤާނޫނުހަދާ މަޖިލީހަށް ރައްޔިތުން އިންތިޚާބު ކުރުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.
“މިއީ ކުށުގެ ޝިކާރައަކަށްވީ 10 ކުދިންނާއި, އެކުދިންގެ ޢާއިލާތަކަށް ކުރެވުނު ފުރައްސާރައެއް.“ ހައިލަމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ހައިލަމްގެ ޓްވީޓުގައި ވަނީ އެއް ކުށަށްވުރެ ގިނަ ކުށަށް ދަޢުވާކުރުމާއި ގުޅޭގޮތުން ހަދާފައިވާ ޤާނޫނުގެ ސްކްރީން ޝޮޓެއް ވެސް ހިއްސާކުރައްވާފައެވެ. ޤާނޫނުގައި ބުނާގޮތުން ދަޢުވާ ރައްދުވާ ފަރާތުންކުރާ ކުށުގެ އެއް ޢަމަލުގެ ސަބަބުން އެއްކުށަށްވުރެ ގިނަ ކުށަށް ރުކުން ފުރިހަމަވާނަމަ, އެއިން ކޮންމެ ކުށަކަށް އެ މީހެއްގެ މައްޗަށް ދަޢުވާ އުފުލައި, އެއިން ކޮންމެ ކުށެއް އޭނާގެ މައްޗަށް ސާބިތުކުރެވިދާނެއެވެ.
Fadiyaarukan kuravvaafa thibbavaa
beyfulhunnaa dheenee ilm veringe basmoshuntherikan mihaaru hunna
gothun adhi maa bodah hithaama kuran
Keeh kuraanee aharemen rayyithunve hama gamaaree veeiru aharemwnge therein mikahala kan kamah minikunnaneeves gamaarun emeehun viyyaa ladheh hayaatheh nethee thimaa meehaage fenvaru thimaa meehaayah neyngunas bodu magaameh hoadhan fume nashanee ebaimeehun viyyaa
Hailamoo
This joaku jahani rayyithunnah