ސަރުކާރުން ކޮންމެ ގޮތަކަށް ކަންތައްތައް ކުރަމުންދިޔަ ނަމަވެސް، ޢަޒުމަކަށް ބަދަލެއް ނާންނާނެކަމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މިރޭ ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ، އެ ބޭފުޅާ މީގެ ކުރިން ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
ޣައްސާންގެ އެ ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ދެވޭ ނުޙައްޤު އަނިޔާއަކުން، އެ މަނިކުފާނާއި، ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ޢަޒުމް ގުޑުވައެއްނުލެވޭނެ ކަމަށެވެ. އަދި ހިތްވަރު އެލުވައެއް ނުލެވޭނެކަމަށް ވެސް ޣައްސާން ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، އެ މަނިކުފާނު ރައީސްކަމަށް އިންތިޚާބުކޮށް ވެރިކަމަށް ގެންނާނެކަމަށް ވެސް ޣައްސާން ވިދާޅުވެފައިވެއެވެ.
ޣައްސާން މިރޭ ވިދާޅުވީ މި ޢަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.