ރާއްޖެއަށް މަލްޓިޕާޓީ ސިސްޓަމްއައިފަހުން 16 އަހަރު ވެފައިވާއިރު، ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ ޢަބުރު ޚަރާބުވެ، ދައުލަތުގެ ކަރާމާތް ގެއްލުން ނޫންކަމެއް ނުވިކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިރޭ ވިދާޅުވެއްޖެއެވެ.
ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި އަލަށް ފެށި ސިޔާސީ ހަރަކާތް އިފްތިތާޙުކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢުމަރު ވިދާޅުވީ އެކިއެކި ވެރިން ވެރިކަން ކުރައްވައިފި ކަމަށާއި، އެކި ކުލަތަކުގެ ޕާޓީތަކުން ވެރިކަންކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއަށް މަލްޓިޕާޓީ ސިސްޓަމްއައީ މީގެ 16 އަހަރުކުރިން ކަމަށާއި، އެ ގޮތުން ދިވެހި ރައްޔިތުން ހީކުރީ، ދިވެހިންގެ ދަތިތައް ފިލައި ކޮރަޕްޝަން މަދުވާނެކަމަށް ކަމަށެވެ.
ނަމަވެސް ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ ޢަބުރު ޚަރާބުވެ، ދައުލަތުގެ ކަރާމާތް ގެއްލުން ނޫންކަމެއް ނުވިކަމަށް ޢުމަރު ވިދާޅުވިއެވެ.
”ނަމަވެސް މި ރާއްޖޭގަ ހުރި ބޮޑެތި މައްސަލަތައް ހައްލުނުވެ ހަމަ އެ ގޮތަށް އެބަހުރި. މަސައްކަތްކުރާ ޢުމުރުގެ ދިވެހިން މަގުތަކުގައި ބިއްޖެހި، ސަލާންޖަހާ ކުނިގޮނޑު ހޮވަން އުޅޭއިރު، ބިދޭސީން ދަނީ ދިވެހިން އަދާކުރި ވަޒީފާތައް ނަގައިގެން އަދާކުރަމުން. ދިވެހިން ކުރަންވީ ވިޔަފާރިތައް ބިދޭސީން ނަގައިގެން ގޯޅިގޯޅި ކަންމަތީގައި ފިހާރަ ހަދައިގެން މުދާ ވިއްކަމުން އެބަދޭ. ބިދޭސީ ސިފައިން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެ މީހުންގެ އުޅަނދުތަކާއެކުގަ ފައިބައިފި. މާލޭ ސަރަހައްދުގަ ދިރިއުޅޭ މީހުން ކުދިކުދި ކޮޓަރިތަކުގަ ފިތިބާރުވެގެން ތިބެ ކައްކައި ކައިބޮއި ކިޔަވާ ނިދާ ހަދައިގެން އުޅޭތާ އެތައް އަހަރެއްވެއްޖެ. މަސްތުވާ އެއްޗެއްސާއި ގޭންގްތައް މަގުތަކުގައި ޢާންމުވެއްޖެ. ވޭތުވެދިޔަ 20 އަހަރުތެރޭ ފަސް ބޭފުޅުން ވެރިކަން ކުރައްވައިފި. ހުރިހައި ވެރިކަމެއްގަވެސް މި މައްސަލަތައް ހައްލުނުކުރެވި ހުރެ ފުޅާވަމުންދިޔަ.“ ޢުމަރު ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލުނުކޮށް މި ރާއްޖެ އިތުރު 20 އަހަރު ކަޑައްތުކޮށްފިނަމަ، މިޤައުމުގެ މިނިވަންކަމާއި، އަމިއްލަވަންތަކަން ގެއްލި ދިވެހިން މި ޤައުމުގައި ބާކީވާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަތައް ހަމަޖެއްސުމަށް ދިވެހިން ތެދުވަންޖެހޭކަމަށާއި، އެހެންނޫނީ މި ޤައުމު ދިވެހިންނަށް ގެއްލިދާނެކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.
”ތިޖޫރީ ތިޖޫރީ….. “ ތިޖޫރީ، ދޮރުފަތާއެކު ވަގަށްނެގިއިރު ގޭގެ ސަރުދާރުކަމާ ހަވާލުވެ ހުރެ ވަޅުގަނޑެއް އެތާ ހުރިވާހަކަވެސް ނުބުނެވުނު ވިއްޔަ!! ހަ މަ އެންމެންވެސް ތިޖޫރީ ދޯ ހޯދަން މިއުޅެނީ…
ރާއްޖެއަށް މަލްޓިޕާޓީ ސިސްޓަމްއައިފަހުން 16 އަހަރު ވެފައިވާއިރު، އެކިއެކި ވެރިން ވެރިކަން ކުރައްވައިފި ކަމަށާއި، އެކި ކުލަތަކުގެ ޕާޓީތަކުން ވެރިކަންކޮށްފައިވާ ކަމަށާއި، އެކިއެކި މީހުން ”ޙައްލާ“އި ތިޖޫރީ ހުރި ތާނގަ ހުރި ވަޅުގަނޑު“ ގެ ނަމުގައި ހޯމްމިނިސްޓަރުކަން ކޮށްފައި ވެއެވެ.