ވޭތުވެދިޔަ 24 ގަޑިއިރުގައި، ރާއްޖެއިން އިތުރު 165 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގައި ޕޮޒިޓިވްވެފައިވާ މީހުންގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 132 މީހުން ހިމެނެއެވެ. ހަމައެހެންމެ ރިސޯޓުތަކުން 19 މީހުން ޕޮޒިޓިވްވެފައިވާއިރު، ދެން ޕޮޒިޓިވްވެފައިވަނީ ބައެއް ރަށްރަށުންނެވެ.
އެ ގޮތުން މިއަދު ޕޮޒިޓިވްވި 165 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 20144 އަށް އަރާފައެވެ.
އޭގެ އިތުރުން ކޮވިޑު ޖެހުނު މީހުންގެތެރެއިން އިތުރު 127 މީހުން ރަނގަޅުވެފައިވާއިރު، މިހާތަނަށް ޖުމްލަ 17470 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ 186 މީހުންނާއެކު މިހާރު ފަރުވާދެމުން އަންނަނީ 2605 މީހުންނަށެވެ.
މި ބަލީގައި މިހާތަނަށް 62 މީހުން ވަނީ ނިޔާވެފައެވެ.