ފުވައްމުލަކު ސިޓީން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް، އެ ސިޓީގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފިއެވެ.
ފުވައްމުލަކު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ އެ ސިޓީން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ ދެ މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު ދެ މީހުން ކަމަށެވެ.
އެ ދެ މީހުން ތިބީ މިހާރު އެކަހެރިކޮށްފައެވެ.
އެ ދެ މީހުންނާއެކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 51 އަށް އަރާފައެވެ. މި ވަގުތު ބަލި މީހުންގެގޮތުގައި ތިބީ 20 މީހުންނެވެ. އަދި 31 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.